އިޓަލީ ޤައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ދިގަލީގައި!
އިޓަލީ ޤައުމީ ޓީމުގެ ހަތަރު ކުޅުންތެރިންނާއި އިޓަލީ ލީގުގައި ކުޅޭ ލާޒިއޯ އެފް.ސީގެ ކޯޗު އާ އަހަރު ފާހަގަކުރުމަށް ދިގަލި ރިޒޯޓަށް އައިސްފިއެވެ.   އެގޮތުން ދިގަލި ރިޒޯޓުގައި ޗުއްޓީ ހޭދަކުރަމުން ދަނީ ރޯމާގެ މިޑްފީލްޑަރު ލޮރެންޒޯ ޕެލެގްރިނީ އާއި ލާޒިއޯ އެފް.ސީގެ ފޯވާޑު ސިރޯ އިމޯބައިލް އަދި ޓޮރީނޯ އެފް.ސީގެ ކެޕްޓަން އެންޑްރިއާ ބެލޯޓިގެ އިތުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ސްޕިނަޒޯލާއެވެ. މި ހަތަރު ކުޅުންތެރިންނާއި ލާޒިއޯގެ ކޯޗު ސިމޯނެ އިންޒާގި ޗުއްޓީ ހޭދަކުރުމަށް ދިގަލި ރިޒޯޓަށް އައިސްފައިވަނީ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުކަމަށް މަޢުލޫމާތު ލިބެއެވެ.   މި ދުވަސްވަރަކީ ދުނިޔޭގެ އެކި މަޝްހޫރު ކުޅުންތެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ ރިޒޯޓުތަކަށް އަންނަމުންދާ ދުވަސްވަރެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...