ބެސްޓް ބަޑީ ޕްރޮމޯޝަންގެ ގުރުއަތުލުން މާދަމާ
1 ވަނަ އިނާމަށް ރަށުޕިކަޕެއް ލިބޭގޮތަށް ބެސްޓް ބަޑީއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ގުރުއަތުލުން 2 ފެބުރުއަރީ 2019 ވާ ހޮނިހިރުދުވަހުގެ 10:00 ގައި ބެސްޓް ބަޑީ ޝޯރޫމުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބެސްޓް ބަޑީގެ އޯނަރ އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. މި ޕްރޮމޯޝަނަކީ 2018 ނޮވެމްބަރ 1 ވަނަ ދުވަހުން ފެށިގެން 2019 ޖެނުއަރީ 31 ގެ ނިޔަލަށް ބެސްޓް ބަޑީއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބެސްޓް ބަޑީއިން ބައިސްކަލެއް ބައްލަވާ ގެންނެވި ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ބެސްޓް ބަޑީއިން ވަނީ ދޫކޮށްފައެވެ.
ބެސްޓް ބަޑީއިން ވިއްކާ ބައެއް ބެޓެރީ ވެހިކަލް | ފޮޓޯ: ބެސްޓް ބަޑީ
މީގެ ކުރިންވެސް ބެސްޓް ބަޑީއިން ވަނީ ކަސްޓަމަރުންނާ ގުޅިގެން އަގުބޮޑު އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮަސްފައެވެ. އެންމެ ފަހުން މިނިމުނު ޕްރޮމޯޝަންގައި ގިނަ ކަސްޓަމަރުންތަކެއް ބެސްޓް ބަޑީއިން ވިޔަފާރިކޮށްފައިވާ ކަމަށް މީދޫ ޓައިމްސް އާއި ވާހަކަ ދައްކަވަމުން ބެސްޓް ބަޑީގެ އޯނަރ ރަޝީދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދިޔުމަށް ބެސްޓް ބަޑީއިން ނިންމާފައިވާ ކަމަށާއި، ބެސްޓް ބަޑީ އިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ގަޔާވާ ތަފާތު ޕްރޮޑަކްޓްތައް ބާޒާރަށް ނެރުން ކަމަށް ރަޝީދު ވިދާޅުވިއެވެ.
ބެސްޓް ބަޑީ އަކީ ބެޓެރީ ވެހިކަލް ރާއްޖެ އަށް ތަޢާރަފްކޮށް މި ވިޔަފާރި އެންމެ ފުޅާކޮށް ރާއްޖޭގައި ކުރަމުންދާ ފިހާރައެއްކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ބެޓެރީ ރަށުޕިކަޕާއި، ބެޓެރީ ބައިސްކަލް، ބެޓެރީ ސްކޫޓަރ، ބެޓެރީ ބަގީ، ބެޓެރީ ކާރު އަދި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ބައިސްކަލް ބެސްޓް ބަޑީއިން އަންނަނީ ރާއްޖޭގެ ބާޒާރަށްނެރެ ވިއްކަމުންނެވެ.
ބެސްޓް ބަޑީ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންގެ ޝައުޤުވެރިކަން ހޯދާ ރާއްޖެއަށް މަޝްހޫރު ބްރޭންޑަކަށް ވެފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...