ޔޫތު ޗެމްޕިއަންޝިޕުގައި ދެއްކި މޮޅު ކުޅުމާއިއެކު ޝައިހާން ވިކްޓްރީގެ ސީނިއާ ޓީމަށް!
މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ފަހަތަށް ކުޅުނު ޒުވާން ކުޅުންތެރިޔާ އަޙްމަދު ޝައިހާން ވިކްތްރީގެ ސީނިއަރ ޓީމަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.   ޔޫތު ޗެމްޕިއަންޝިޕުން ވިކްޓްރީ ކެޓި ނަމަވެސް މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ މުބާރާތް ނިންމާލުމުގައި ވިކްޓްރީގެ ފަހަތުގައި ޝައިހާން ދެއްކި ހުނަރުވެރި މޮޅު ކުޅުން މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީދޫގައި ބޭއްވޭ ފުޓުބޯޅަ މުބާރާތްތަކުގައިވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ކުޅެފައިވާ އުމުރުން 20 އަހަރުގެ ޝައިހާން ވިކްޓްރީގެ ސީނިއާ ޓީމަށް ސޮއިކޮށްފައިވަނީ ރޭގައެވެ.   ޝައިހާންގެ އިތުރުން ވިކްޓްރީގެ ޔޫތު ޓީމަށް ކުޅުނު މީދޫއަށް ނިސްބަތްވާ ކުޅުންތެރިއެއްކަމަށްވާ އަލީ ޖިނާހުވެސް ވަނީ ވިކްޓްރީގެ ސީނިއާ ޓީމަށް ކުޅުމަށް އެއްބަސްވެފައެވެ. މިފަހަރުގެ މުބާރާތުގައި މި ދެ ކުޅުންތެރިންވެސް ވަނީ ހުރިހާ މެޗެއް ކުޅެ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...