ރަށު ކައުންސިލްތަކުގެ ރޭންކިންގ އިން ރ. މީދޫ ކައުންސިލަށް 2017ވަނަ އަހަރު ލިބުނީ 66 ވަނަ
ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން މިއަދު އާންމުކުރި ރަށު ކައުންސިލްތަކުގެ ރޭންކިންގައި ރ. މީދު ކައުންސިލް ރޭންކު ކުރެވިފައިވަނީ 66 ވަނައިގައެވެ.
  ރ. އަތޮޅުގެ ހުރިހާ ރަށްތަކަށް ބަލާއިރު ރ. މީދޫ ކައުންސިލް އުޅެނީ 8 ވަނައިގައެވެ. މިއީ 2017ވަނަ އަހަރުގެ ކައުންސިލްތައް ހިނގާދިޔަގޮތުގރ މައްޗަށް ބަލާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމުން، މި ރިޕޯޓުގައި ހިމެނިފައިވާނީ ރަށު ކައުންސިލްތަކުގެ ކުރީގެ ދައުރުގެ 6 މަސްދުވަހާއި މިހާރު ކުރިއަށްދާ ކައުންސިލްގެ 6 މަސްދުވަހުގެ މަސައްކަތެވެ.   ރަށު ކައުންސިލްތަކުގެ ރޭންކިންގައި ރ. އަތޮޅުގެ ރަށްތަކުގެތެރެއިން ވާދޫ ކައުންސިލާއި ކިނޮޅަސް ކައުންސިލާއި ރަސްމާދޫ ކައުންސިލާއި އިންނަމާދޫ ކައުންސިލާއި އަނގޮޅިތީމު ކައުންސިލާއި ފައިނު ކައުންސިލުގެ އިތުރުން މަޑުއްވަރީ ކައުންސިލްވެސް އުޅެނީ މީދޫ ކައުންސިލަށްވުރެ ކުރީގައެވެ.   ރ. އަތޮޅުގެ ރަށްތަކުގެތެރެއިން އެއްވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ ރ. ވާދޫ ކައުންސިލެވެ. ދެވަނަ ކޮނިޅަސް ކައުންސިލަށް ލިބިފައިވާއިރު 3 ވަނަ ލިބުނީ އުނގޫފާރު ކައުންސިލަށްކަން ފާހަގަކޮށްލެވެއެވެ. ރ. އަތޮޅު ރަށްތަކުގެ ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ފުލަށް ދިޔައީ އިންނަމާދޫ ކައުންސިލެވެ.     2016ވަނަ އަހަރާ ބަލާއިރު ކުރިއެރުން ހޯދާފައިވާ ކައުންސިލްތަކުގެ ލިސްޓުން ރ. މީދޫ ކައުންސިލަށް ލިބުނީ 92ވަނައެވެ.  މުޅި ރާއްޖެއަށް ބިނާކޮށް ހަދާފައިވާ މިލިސްޓުގެ ދިހަވަނައިގައި އުނގޫފާރު ކައުންސިލް ހިމެނިފައިވެއެވެ. ކުރިއެރުން ހޯދި ކައުންސިލްތަކުގެ ލިސްޓުން 15ވަނައިގައި އިންނަމާދޫ ކައުންސިލް ހިމެނޭއިރު 35ވަނައިގައި ހިމެނެނީ އަނގޮޅިތީމް ކައުންސިލެވެ.   ލޯކަލް ކައުންސިލްތަކުގެ ވަކިވަކި ސަބް އިންޑެކްސްތަކުގެ ރޭންކިންގއަށް ބަލާއިރު ސެކިއުރިޓީއިިން ރ. މީދޫ ކައުންސިލަށް ލިބެނީ 58ވަނައެވެ. ސެކިޔުރިޓީބައިން ރ. ވާދޫ ކައުންސިލަށް 4ވަނަ ލިބިފައިވެއެވެ.   އެކައުންޓެބިލިޓީބައިން މީދޫ ކައުންސިލްވަނި 13ވަނަ ހޯދާފައެވެ. މިބައިން ވާދޫ ކައުންސިލް 8 ވަނަ ހޯދާފައިވާއިރު ކިނޮޅަސް ކައުންސިލް 10ވަނަ އަދި ފައިނު ކައުންސިލް 11ވަނަ ހޯދާފައިވެއެވެ.   ޕާޓިސިޕޭޝަންއިން މީދޫ ކައުންސިލަށް ލިބުނީ 53ވަނައެވެ. އިފެކްޓިވްނަސްއިން މީދޫ ކައުންސިލް އުޅެނީ ރާއްޖޭގެ 128ވަނައިގައެވެ. އަދި ލާމަރުކަޒީ ޤާނޫނަށް އަމަލުކުރުމުން މީދޫ ކައުންސިލަށް ލިބެނީ 42ވަނއެވެ. މިބައިން ރ. ކިނޮޅަސް ކައުންސިލް 5 ވަނައިގައި އުޅޭއިރު، ވާދޫ ކައުންސިލް އުޅެނީ 8ވަނައުގައެވެ. މިޤާނޫނަށް ޢަމަލުކުރުމުން މަޑުއްވަރީ ކައުންސިލްވެސްވަނީ 14ވަނަ ހޯދާފައެވެ.  މި ތަފާސް ހިސާބުތައް ލޯކަލް ގަވަރމަންތް އޮތޯރިޓީއިން އާންމުކޮށްފައިމިވަނީ މިއަދު ފާހަގކުރަމުންދާ ލާމަރުކަޒީ ދުވަހާގުޅުވައިގެންނެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...