ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފި
ރ. މީދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުން އަންނަ ޖަނަރޭޓަރުތަކުގެ ތެރެއިން 150 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު މަރާމާތުކޮށް މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސްފިއެވެ.   ފެނެކަ ކޯޕަރޭޝަން މީދޫ ބްރާންޗުގެ ފަރާތުން މީދޫ ޓައިމްސްއަށް މައުލޫމާތުދިންގޮތުގައި ރޭގެ ވަގުތެއްގައި ފްލައިޓަކުން އެ ޖަނަރޭޓަރު މަރާމާތުކުރުމަށ ބޭނުންވާ އެކްޗުއޭޓަރ ގެނެސް، މަރާމާތުކޮށް ނިންމާ، މހާރު މުޅި ރަށަށް ކަރަންޓުދޭން ފަށާފައިވާކަމަށެވެ.
އެހެންނަމަވެސް ފެނަކަ ކޯޕަރާޭޝަނުން މައުލޫމާތުދޭގޮތުގައި މި ޖަނެރޭޓަރު މަރާމާތުކުރެވުނުނަމަވެސް ކަރަންޓުގެ މައްސަލަ ހައްލުނުވާނެކަމަށާއި މައްސަލައަށް ދާއިމީ ހައްލެއް ލިބެންއޮތީ 600 ކިލޯވޮޓުގެ ޖަނަރޭޓަރެއް ލިބިގެންކަމަށެވެ.   މިކަމާގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ބުނެފައިވަނީ މީދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނާގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި މިމަހުގެ ފަހުކޮޅު ޖަނަރޭޓަރ ސެޓް މާލެގެނެވޭނެކަމަށެވެ.   މީދޫއަށް މިހާރު ކަރަންޓު ދިނުމަށް ބޭނުންކުރަނީ 400 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އެހެންނަމަވެސް އެވަރުގެ ކެޕޭސިޓީއަކުން މުޅި މީދޫއަށް ކަރަންޓު ފޯރުކޮށްނުދެވޭކަމަށް މީދޫ ބްރާންޗުން މައުލޫމާތުދެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...