މަހީ އެފްސީ ބަލިކޮށް ބުންވަރު އެފްސީން ޔޫތު ކަޕްގެ ފެށުން ރަނގަޅުކޮށްފި.
ޔޫތު ކަޕްގެ ގުރޫޕް އޭގެ ފުރަތަމަ މެޗް ވާދަވެރި ކުޅުމަކަށްފަހު މަހީ އެފް.ސީ ބަލިކޮށް ބުންވަރު އެފް.ސީ އިން ކާމިޔާބުކޮށްފިއެވެ.މިއަދު ހަވީރު ރ. މީދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗް ބުންވަރު ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ.   މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބުންވަރު އެފްސީގެ މުޙައްމަދު ފަރުހާންވަނީ 4 ގޯލް ކާމިޔާބުކޮށްދީފައެވެ. ބުންވަރުގެ އަނެއް 2 ގޯލް ކާމިޔާބުކޮށްދިނީ ސައްމޫން އިލްޔާސެވެ. މަހީ އެފްސީގެ އަޙުމަދު ސާޖިދު 2 ގޯލް ކާމިޔާބުކޮށްދިންއިރު އަޝްރަފް ހަސަން އަދި މުއުތަޒް ޝަރީފްވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ.   މި މުބާރާތުގައި މިރޭ ގުރޫޕް ބީ ގެ ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 22:00 ގައި ގާގަނޑު އެފްސީ ނިކުންނާނީ އައިވެންޓަސް އާއި ދެކޮޅަށެވެ. އަދި 23:15ގައި ތަންގަނޑު އެފްސީ ނިކުންނާނީ އެމް ކޮކޯ އާއި ދެކޮޅަށެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...