ގާގަނޑު އެެފްސީ އަދި ތަންގަނޑު އެފްސީން މޮޅަކާއި އެކު މުބާރާތް ފަށައިފި.
ޔޫތް ކަޕް 2019ގައި ރޭގަ ކުޅުން މެޗްތައް ގާގަނޑު އެފްސީ އަދި ތަންގަނޑު އެފްސީއިން ކާމިޔާބުކޮށްފިއެވެ.   ރޭގައި ގުރޫޕް ބީ ގެ ފުރަތަމަ މެޗް ގާގަނޑު އެފްސީ ކާމިޔާބުކުރީ އައިވެންޓަސް 4 ލަނޑު 2 ލަނޑުން ބަލިކުރުމަށްފަހުއެވެ. ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުން މިމެޗްގައި ގާގަނޑު އެފްސީގެ އައިހަމް މުޙައްމަދު އަދި ރަޝާދު އަބުދުލް މަތީން ވަނީ ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ކާމިޔާބުކޮށްދީފައެވެ. އައިވެންޓަސްގެ ދެ ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް ރަޝީދު އަދި އަލީ ޒިޔާދެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާގަނޑު އެފްސީގެ އައިހަމް މުޙައްމަދެވެ.   ގުރޫޕް ބީ ގެ ދެވެނަމެޗް ތަންގަނޑު އެފްސީން ކާމިޔާބު ކުރީ އެމް ކޮކޯ 2 ގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރައި 4 ގޯލް ޖެހުމަށް ފަހުއެވެ. މެޗުގެ ފުރަތަމަ ހާފް ނިންމާލީ އައިމަން އަބުދުލް ގަނީ ޢަނީ އަދި އިހުސާން މުޙައްމަދުގެ ގޯލުން އެމް ކޮކޯ ކުރީގައިގައި އޮވެގެންނެވެ. އެހެންނަމަވެސް ދެވަނަ ހާފް ތަންގަނޑު އެފްސީގެ ކުޅުން ރަނގަޅުކޮށް އެމް ކޮކޯ ކޮޅަށްވަނީ 4 ގޯލް ކާމިޔާބުކޮށްފައެވެ. މެޗްގެ މޮޅުކުޅުންތެރިޔަކަށް ހޮވުނު ތަންގަނޑު އެފްސީގެ އަޙްމަދު ހުސައިންވަނީ 2 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި އަޙްމަދު އާސިފްވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. ތަންގަނޑުގެ ހަތަރުވަނަ ގޯލަޔަކީ އެމް ކޮކޯގެ އިހުސާންގެ އަތުން ބައިކޮށް ވަން ގޯލައެކެވެ.   ޔޫތުކަޕްގެ މެޗެއް މިއަދު ހަވީރު ކުޅުމަށްވަނީ ހަމަޖެހިފައެވެ. ގުރޫޕް އޭ ގެ މިމެޗްގައި މަހީ އެފްސީ ނިކުންނާނީ ހަވާސް އެސްސީ އާއި ދެކޮޅަށެވެ. މަހީ އެފްސީ ވަނީ ކުޅުނު ފުރަތަމަ މެޗުން ބުންވަރު އެފްސީ އަތުން ބަލިވެފައެވެ.   މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...