"މީދު މަޑުއްވަރީގެ ރައްޔިތުން ތަރައްޤީއަށް ނޫނެކޭ ބުނެގެން ނުވާނެ"
މީދު މަޑުއްވަރީގެ ރައްޔިތުން ތަރައްޤީއަށް ނޫނެކޭ ބުނެގެން ނުވާނެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.     19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަޑުއްވަރީދާއިރާއަށް ވާދަ ކުރައްވާ މިހާރުވެސް މެމްބަރު އަމީތު ވިދާޅުވީ، މިދާއިރާއަކީ ތަރައްްޤީއަށް ފެންބޮވައިގެންފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ދާއިރާއެއްކަމަށެވެ. އަދި ނިމިގެން މިދާ 5 އަހަރުގައި މި ދާއިރާގެ ރައްޔިތުން ތަރައްޤީއަށް ލޯބިކުރާ މިންވަރު މި ދެރަށަށް ބަލައިލުމުން ފެންނާކަމަށްވެސް އަމީތު ވިދާޅުވިއެވެ.

2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އިންތިޙާބު ވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވަނީ ދާއިރާގެ ރައްޔިތުންގެ އިޚްސާސްތަކާއި އެއްގޮތަށް ދެ ރަށުގެ ތަރައްޤީއަށް ކަމަށާއި، އެ މަސައްކަތް ނުހަނު އިޚްލާސްތެރިކަމާއިއެކު ކޮށްދެއްވައިފާކަމަށްވެސް އަމީތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ދައުރަށްވެސް ކުރިމަތި ލައްވަނީ އަދުގެ ސަރުކާރުން މި ދާއިރާއަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި، ސަރުކާރުން މިދާއިރާއަށް ހުށަހަޅުއްވާފައިވާ ވައުުދުތައް ފުއްދޭނީ އެކަމުގެ ތަޖުރިބާއާއި، ނަތީޖާ ނެރެދެއްވާފައިވާ ކެންޑިޑޭޓަކަށް ކަމަށް އަމީތު ވިދާޅުވިއެވެ.     މި ހަފްލާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން އަމީތު ވިދާޅުވީ، މިދާއިރާގެ ގޮނޑިއަކީ ސަރުކާރާއި ދެކޮޅަށް އަދި ރައްޔިތުންގެ ތަރައްޤީއާއި ދެކޮޅަށް އިންތިޚާބްވާ ގޮޑިއަކަށް ވެގެން ނުވާކަމަށެވެ. އަދި މިކަން ހާސިލް ކުުރުގައި ރައްޔިންނާއިއެކު އަތާއި އަތް ގުޅާލައިގެން ކުރިއަށް އޮތް ފަސް އަހަރުގައިވެސް މަސައްކަތް ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމުގައި އަމީތު ވިދާޅުވިއެވެ. މަޑުއްވަރީ ދާއިރާގެ މަޖިލިސް ގޮޑީގެ ވާދަވެރިކަން ބޮޑުނަމަވެސް ދާއިރާގެ ރައްޔިތުންގެ އިޚުސާސުތަކާއި ޝުއޫރުރުތައް ނުދަންނަ އަދި ރައްޔިތުންނަށް ޚިދުމަތް ކުރަންލިބި އެފުރުސަތު ނަގާލާފައިވާ ފަރާތްތަކަށް ރައްޔިންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ފުރުސަތު ދިނުމަކީ ބޭކާރު ކަމެއްކަމުގައިވެސް އަމީތު ވިދާޅުވިއެވެ.     މީގެ އިތުރުން މީދޫގައި މި ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު އަމީތު ވިދާޅުވީ، އޭނާ ޕާޓީ ބަދަލުކުރި ކަމުގެ ވާހަކަތައް މީދޫ އަދި މަޑުއްވަރީގެ ބައެއް ރައްޔިތުން، އަމީތު މިހާރު ކުރިޔަށް ގެންދަވާ ޑޯޓޫޑޯގެ ހަރަކާތްތަކުގައި ގޭގެއަށް ވަޑައިގެންނެވުމުން ދައްކަވާ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތާއި ޚިލާފަށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީއިވާ މައުލޫމާތެއް ކަމަށެވެ. އަަދި އޭނާއަކީ ދުވަހަކުވެސް ޕާޓީ ބަދަލު ކުރި މީހެން ނޫންކަމަށް ވެސް އަމީތު ވިދާޅުވިއެވެ. އަދި އަމީތު ވިދާޅޫވީ ޕީޕީއެމް އިން އަމިއްލައަށް ވަކިވެވަޑައިގަތީ ނޫން ކަމަށާއީ ބޭއިންސާފުން ޕީޕީއެމް އިން އޭނާ ވަކި ކުރީ ކަމަށެވެ. އަދި ޕީޕީއެމްގެ އެތަކެއް ވިޕް ލައިނެއް ބެރޭކް ކުރި އެތަކެއް މެމްބަރުންނެއް ފިޔަވަޅު ނާޅާ މިއަދުވެސް ޕީޕީއެމްގައި އެބަ ތިބި ކަމަށާއި، އޭނާ ޕާޓީން ވަކި ނުކުރުމަށް އެތަކެއް ފަހަރު އެދުނުކަމަށް އަމީތު ވިދާޅު ވިއެވެ. އަދި ޕީޕީއެމް ވަކިކުރި ކަމުގައި ވިނަމަވެސް، ޕާޓީއަކާއި ނުގުޅި ދޮޅު އަހަރު މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވިކަމަށް ވެސް އަމީތު ވިދާޅުވިއެވެ.     އަމީތު ޕާޓީ ބަދަލުކުރި ކަމުގެ ވާހަކަ މީދޫ އަދި މަޑުއްވަރީގެ ކުރިން ޕީޕީއެމްއަށް ނިސްބަތްވި ބައެއް އާންމު މެމްބަރުން ދައްކަވަމުން ގެންދަވާއިރު، އޭގެ ތެރޭގައި ގިނަ މެމްބަރުންނަކީ ޕީޕީ އެމް އިން ޕީއެންސީއަށް ބަދަލުވެ ޕާޓީ ބަދަލު ކޮށްފައިވާ މެމްބަރުންކަން ފާހަގަ ކޮށްލެވެއެވެ.     މަޖިލިސް އިންތިޚާބުގެ ކެމްޕެއިން އަމީތުގެ ޓީމުން މީދު، މަޑުއްވަރީގައި ފޯރިއާއިއެކު ކުރިއަށް ގެންދާއިރު، އަމީތުވަނީ ދާއިރާގެ ހުރިހާ ގެޔަކަށް ވަދެ ރައެްޔިތުންފެ ޝުއޫރުތައް އަޑު އައްސަވާފައެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...