ތަންގަނޑު އެފްސީ އަދި ގާގަނޑު އެފްސީން ސެމީގެ ޖާގަ ކަށަވަރުކޮށްފި!
ރޭގައި ގުރޫޕް ބީ ގައި ކުޅުން މެޗްތައް ކާމިޔާބުކޮށް ތަންގަނޑު އެފްސީ އަދި ގާގަނޑު އެފްސީން ސެމީގެ ޖާގަ ކަށަވަރުކޮށްފިއެވެ.   ރޭގެ ފުރަތަމަ މެޗު ތަންގަނޑު އެފްސީ ކާމިޔާބްކުރީ އައިވެންޓަސް އާއަ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމިފައިވަނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑްނެގީ އައިވެންޓަސްއިންނެވެ. މި ގޯލް އެޓީމަށް ކާމިޔާބް ކޮށްދިނީ އަމްޖަދު މުޙައްމަދެވެ. މި ގޯލް ކާމިޔާބުކޮށްދިންތާ މާ ގިނައިރުތަކެއް ނުވަނީ ތަންގަނޑު މެޗް އެއްވަރު ކޮށްދިން ގޯލް ކާމިޔާބް ކޮށްދިނީ އަޙުމަދު ހުސައިނެވެ. ތަންގަނޑު އެފްސީ މެޗުން މޮޅުވި ލަނޑަކީ މެޗް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިޝްވާން ނަގައިދިން ކޯނަރެއް އައިވެންޓަސްގެ ކީޕަރު މައޫމޫންގެ ފައިގައި ޖެހި ބަިކޮޅަށްވަން ގޯލައެކެވެ. މި މެޗުން އައިވެންޓަސް ބަލިވުމާއިއެކު، ބާކީ އެއް މެޗް އޮއްވައި އެ ޓީމްވަނީ މުބާރާތުން ކަޓާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިވެންޓަސްގެ އަލީ ޒިޔާދެވެ.   މި ގުރޫޕްގެ އަނެއް މެޗް ގާގަނޑު އެފްސީ ވަނީ 6-4 ގެ ނަތީޖާއަކުން އެމް ކޮކޯ ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެެވެ. މި މެޗްގައި ގާގަނޑު އެފްސީގެ ދެ ގޯލް ރަޝާދު ކާމިޔާބުކޮށްދިން އިރު އައިހަމް، އަނޫސް އަދި މަމްދޫހް ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ކާމިޔާބުކޮށްދީފައެވެ. ގާގަނޑުގެ އަނެއް ގޯލަޔަކީ އެމް ކޮކޯގެ ސަމޫހް އަތުން ބައިކޮޅަށް ވަން ގޯލައެކެވެ. އެމް ކޮކޯގެ ދެ ގޯލް މުބީން ކާމިޔާބުކޮށްދިން އިރު އަނެއް ދެ ގޯލް ކާމިޔާބު ކޮށްދިނީ މުޙައްމަދު އާސިފް އަދި އައިމަން އަބުދުލް ޢަނީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ގާގަނޑުގެ އަނޫސް އަޙުމަދެވެ.   ޔޫތް ކަޕްގެ ގުރޫޕް އޭ ގެ ފަހު މެޗުގައި މިއަދު ވާދަކުރާނީ މިހާރުވެސް ސެމީގެ ޖާގަ ކަށަވަރުވެފައިވާ ދެޓީމް ކަމަށްވާ ބުންވަރު އެފްސީ އަދި ހަވާސް އެއްސީއެވެ.   މި މުބާރާތުގެ މިޑިއާ ޕާޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...