ވޯޓުލާދުވަސް އަދި ބަންދެއް ނުކުރޭ!
ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޅާބުގެ ވޯޓުލުން ކުރިއަށް ދިޔަނަމަވެސް އެދުވަސް ބަންދުކުރުމަށް ސަރުކާރުން އަދި ނިންމާފައިނުވާކަމަށް މީޑިޔާތަކުން ހާމަކޮށްފިއެވެ. ރައީސް އޮފީހާއިހަވާލާދީ މިހާރު ނޫހުން ހާމަކޮށްފައިވާ ގޮތުގައި އެދުވަސް އާދިއްތަ ދުވަހަކަށް ދިމާވި ނަމަވެސް އެދުވަސް ބަންދުކުރުމަށް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުންވަނީ އެދުވަސް ބަނދުކުރުމަށް ރައީސް އޮފީހުގައި އެދިފައެވެ. މީގެކުރިން ރާއްޖޭގައި ބޭއްވި އިންތިހާބުތަކުގައި އާއްމުކޮށް ވޯޓުލަމުން އައީ ހޮނިހިރުދުވަސްތަކުގައެވެ.   ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާއިރު އިންތިޚާބަށް ކުރިމަތިލާން ފޯމު ހުށައެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެއެެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...