އިރާދަކުރެއްވިއްޔާ ރައީސް ޔާމީން މީދޫއިން މެޖޯރިޓީ ނަގާނެ - އަރީފް
އިރާދަކުރެއްވިއްޔާ މީދޫއިން ރައީސް ޔާމީން މެޖޯރިަޓީ ނަގާނެ ކަމައް ކުރީގެ  ރ އަތޮޅު ކައުންސިލް މެމްބަރ 
މުހަންމަދު އަރީފްވިދާޅުވެއްޖެއެވެ. އަރީފް މިހެން ވިދާޅުވީ ރޭ ޕީޕީއެމް ރ މީދޫ ގޮފިން ބޭއްވި 
ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުންނެވެ.އަރީފް އިތުރަށް ވިދާޅުވީ ރ އަތޮޅު ގައި ޓުއަރިޒަމް 
ކުރިއަރާފައިވާ މިންވަރަށް ބަލާލި ކަމުގަައި ވިޔަސް ރައީސް ޔާމީން ގެ ޘަރައްގީ ޔަގީން ވާކަމުގައިއެވެ. އަރީފް ގެ ވާހަކަފުޅު ގައި ވަނީ އެމްޑީޕީ ގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް
ރަށްޔިތުންގެ މަޖިލީހުގައި ހޭދަ ކުރެއްވި ދިގު މުށްދަތުގައި އެއްވެސް ބިލެއް ހުށައަޅާފައި ނުވާ ކަން 
ފާހަގަކޮށް ފާޑު ވިދާޅުވެފައިއެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމް މީދޫގެ ކުރީގެ ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ
ޘަރަައްގީ އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކާ ރައީސް ޔާމީން އަށް ދޭން ޖެހޭކަމަށެވެ.   
ރޭގެ ބައްދަލުވުމުގައި ވަނީ ޕީޕީއެމް މީދޫ ގޮފީގެ ވަރަށް ގިނަ މެމްބަރުން ބައިވެރިވެފައިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...