މާއިން އަދި އައްފާން އަނެއްކާވެސް މީދޫއަށް ރީތިނަން ހޯދައިދީފި
މިދިޔަ އަހަރުގެ އޭ ލެވެލް އަދި އެޗް،އެސްސީ އިމްތިހާނު ނިންމި ދަރިވަރުންގެތެރެއިން ގަދަ 10އެއްގައި ހިމެނި، ރ. މީދޫ މާލަން މާއިން ރަޝީދާއި ރ. މީދޫ މަލަ، އައްފާން މޫސާ އަނެއްކާވެސް މީދޫއަށް ރީތިނަން ހޯދަދީފިއެވެ.   ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށްދިޔަ ޓޮޕް އެޗީވަރސް އެވޯޑުދިނުމުގެ ހަފްލާގައި މާއިންވަނީ 6 ވަނައިގައި ހިމެނިފައެވެ. އަދި އައްފާންވަނީ 10ވަނައިގައި ހިމެނިފައެވެ. މާއިންވަނީ މިދިޔަ އަހރުގެ އޭލެވެލް އިމްތިހާނުގައި 1 އޭ ސްޓަރ، 3 އޭރ އަދި 1 ބީ ހޯދާ ފައެވެ. އަދި އައްފާންވަނީ  2 އޭ، ދެ ބީ އަދި 1 ސީ ހޯދާފައެވެ.   މި ދެ ދަރިވަރުންވެސްވަނީ 2016ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން 1 ވަނަ ހޯދާ ރ. އަތޮޅު ތައުލީމީ މަރުކަޒަށާއި ރ. މީދޫއަށް ރީތިނަން ހޯދައިދީފައެވެ. އޯލެވެލް އިމްތިހާނުގައި މާއިން 6 އޭ ސްޓަރ އާއި 2 އޭ ހޯދާފައިވާއިރު އައްފާންވަނީ 4 އޭ ސްޓަރ އަދި 4 އޭ ހޯދާފައެވެ.   މާއިން އަދި އައްފާން ހޯދި ފުރިހަމަ ކާމިޔާބީއަށް 'މީދޫ ޓައިމްސް'އިން މަރުހަބާ ދަންނަވަމެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...