ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ޙުރުމަތް ދަމަހައްޓަން ޖެހޭނެ – ޑރ. ޝަހީމް
ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ޙުރުމަތް ދަމަހައްޓަން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.   ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ އިސްލާމީ ޤައުމުތަކުގައި ކޮންމެ މުނާސަބަތެއްގައިވެސް އިސްލާމީ އުސޫލުތަކާއި އިސްލާމީ ސަގާފަތް ދަމަހައްޓާ މަތިވެރި ކުރަން ޖެހޭނެކަމަށާއި އެއީ އެންމެހާ މުސްލިމުންގެ އިއްޒަތާއި ޝަރަފް އެކަމުގައި އޮތްކަމެއްކަމަށެވެ.   މީގެ އިތުރުން ހާއްސަކޮށް ޢީދު ފަދަ ދީނީ މުނާސަބަތުތަކުގައި އެކަން ހިފަހައްޓަން ޖެހޭނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...