ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އިޔާން އަދި މާއިން!
2018ވަނަ އަހރު ރ. އަތޅު ތައުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ރ. މީދޫ ފެންފިޔާޒުގޭ އިޔާން އަބްދުލް އަޒީޒު އަދި ރ. މީދޫ މާލަން، މާއިން ރަޝީދު ހޮވިއްޖެއެވެ.   ސާނަވީ ބައިން ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް އިޔާން ހޮވުނުއިރު މަތީ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް މާއިން ހޮވުނުކަން އިއުލާންކޮށްފައިވަނީ މިދޔަ ހުކުރު ދުވަހުގެރޭ ބޭއްވި، ރ. އަތޮޅު ތައުލީމީ މަރުކަޒުގެ 2018ވަނަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގައެވެ. އިޔާންވަނީ 2018ވަނަ އަހރު ބޭއްވި ޖީސީ އޯލެވެލް އިމްތިހާނުގައި 6 މާއްދާއިން އޭ ސްޓަރ، 1 މާއްދާއިން އޭ އަދި 1 މާއްދާއިން ބީ ފާސް ހޯދާ ރާއްޖޭގެ ގަދަ 10ގެ 4 ވަނަ ހޯދާފައެވެ. އަދި މާއިންވަނީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގައި 3 މާއްދާއިން އޭ ސްޓަރ 1 މާއްދާއިން އޭ އަދި 1 މާއްދާއިން ބީ ހޯދާ ރާއްޖޭގެ ގަދަ 10ގެ 6ވަނަ ހޯދާފައެވެ.   މިޖަލްސާގައިވަނީ ވޭތުވެދިޔަ އަހަރު ރ. އަތޮޅު ތައުލީމީ މަރުކަޒުން އެކި ވަނަތައް ހާސިލްކުރި ކުދިންނަށް ޓްރޮފީއާއި ޝީލްޑް އަދި ވައުޗަރ ހަވާލުކޮށްފައެވެ.   ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބދުﷲ ރަޝީދެވެ. ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައިވަނީ ރ. އަތޮޅު ތައުލީމީ މަރުކަޒާއި ހާއްސަގޮތެއްގައި ރ. މީދޫއިން ފެންމުންދާ ތަރައްޤީއަށް މީދޫގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން އެމަނިކުފާނުގެ ވާހަކފުޅުގައި ދިވެހިރާއްޖޭގެ އައު މަންހަޖުގެ މައިގަނޑު 3 މަޤސަދުގެ މައްޗަށް އަލި އަޅުއްވާލައްވާ ދަރިވަރުންނަށާއި މުދައްރިސުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވާފައެވެ.   މި ހަފްލާގައިވަނީ 2018ވަނަ އަހަރު ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިން ޓީޗަރެއްގެ މަގާމް އަދާކުރެއްވުމަށްފަހު މިއަހަރު މާކުރަތު ސްކޫލުގެ ޕރިންސިޕަލްކަމަށް ބަދަލުވެލެއްވި ރ. މީދޫ ރާޝިދާ މަންޒިލް، އަހުމަދު ނައީމް، ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.   މި ޖަލްސާގައި ރ. އަތޮޅުގެ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ރ. އަތޮޅު ކަައުންސިލްގެ ޑިރެކްޓަރ ޖެނެރަލާއި ރ. މީދޫގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...