ޓީޗަރސް ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕްގައި ބައިވެރިވުމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރަކު އިންޑިއާގެ ނިއު ދިއްލީއަށް
ޔުނެސްކޯ މަހާތުމާ ގާނދީ އިންސްޓިޓިޔުޝަން އޮފް އެޑިޔުކޭޝަން ފޮރ ޕީސް އެންޑް ސަސްޓެއިނަބުލް ޑިވެލޮޕްމެންޓު ގައި މިމަހު 7 ން 9 އަށް ބާއްވާ 'ޓީޗަރސް ކެޕޭސިޓީ ބިލްޑިން ވޯކްޝޮޕް'ގައި ބައިވެރިވުމަށްޓަކައި ރ. އަތޮޅު ތައުލިމީ މަރުކަޒުގެ ލީޑިންގ ޓީޗަރ ޢަބްދުލް ޢަޒީޒު މިއަދު ހަވީރު އިންޑިޔާގެ ނިއު ދިއްލީއަށް ފުރައިފިއެވެ.     އެމްޖީއައިއީޕީ އަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިއަށް އަމާޒުކޮށްގެން ތައުލީމާއި ތަމްރީނުފޯރުކޮށްދޭ މުއައްސަސާއެކެވެ. މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 10 ޓީޗަރުން ބައިވެރިވެލައްވާކަމަށް ރ. އަތޮޅު ތައުލީމީ މަރުކަޒުން މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވައެވެ.   ބަވަނަވަމުންދާ ދުނިޔޭގެ ގިނަ ސަގާފަތް ޝަމިލުވާނެހެން އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ބޭއްވޭ މި މަސައްކަތު ބައްދަލުވުމުގެ އަމާޒަކީ ފުރާވަރަށް އަރާ ދަރިވަރުންގެ އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށްޓަކާ މަސައްކަތްކުރުމެވެ. މި މަސައްކަތު ބައްދަވުމަށްފަހު ސްކޫލުތަކުގެ 13 އަހަރާއި 14 އަހަރާދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްދާނެކަމުގެ މައުލުމާތު ލިބެއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...