ފީނަން ފޭބި އަންހެން ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
ކަނޑޫމާ ތިލައަށް ޑައިވިންއަށް ފޭބި އަންހެން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.   އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރ އިބްރާހީމް އާޒިމް މައުލޫމާތުދެއްވިގޮތުގައި "އޯސީއޭ އެމް7 އެސް" ނަމަކަށް ކިޔާ ސަފާރީއެއްގައި ފީނަން ފޭބި ފަތުރުވެރިޔާގެ ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައިވަނީ މެންދުރުފަހު 1:09 ހާއިރުކަމަށެވެ.   މި ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑިއެފްގެ ޑައިވަރުންގެ އިތުރުން އެ ސަފާރީގެ ޑައިވަރުންވެސް ހަރަކާތްތެރިވަމުންދާކަމަށް މައުލޫމާތުލިބިފައިވެއެވެ. އެ ފަތުރުވެރިޔާއާއެކު ޖުމްލަ 22 ފަތުރުވެރިން އެ ސަރަހައްދަށް ފީނަން ފޭބިކަމަށް މައުލޫމާތު ލިބިފައިވެއެވެ.     
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...