ރަށްރަށުގެ އިޙްތިޞާޞްގައިވާ ބިމު ކުލީގެ %100 ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދަނީ!
ލާމަރުކަޒީ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ކައުންސިލްތަށް އިތުރަށް ބާރުވެރިކުރުވުމަށް ކައުންސިލްތަކަށް އާމްދަނީ ވަންނާނެ ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.   މިގޮތުން ލާމަރުކަޒީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އާމްސަނީގެ %5 ކައުންސިލްތަކަށް ހާއްސަކޮށް ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ %40 އާއި މީހުން ދިރިއުޅޭ ރަށްތަކުގެ އިޙްތިޞާޞްގައިވާ ބިމު ކުލީގެ %100 ކައުންސިލްތަކަށް ލިބޭ ގޮތް ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމާފައެވެ.   މީގެ އިތުރުން ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީވެސް ސީދާ ކައުންސިލްތަކަށް ވަންނާނެ ގޮތްވެސް މި އިސްލާޙުތައް ފާސްވުމުން ހަމަޖެހިގެންދާނެއެވެ.   ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަލާއިއެކު ކައުންސިލްތަކުން ކުންފުނިތަކާއި ކޯޕަރޭޓިވްސް އުފައްދައިގެން އާމްދަނީ ހޯދުމުގެ މަގުވެސް ފަހިވެގެންދާނެއެވެ. ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ހުށައަޅަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ރަށު އަދި ސިޓީ ކައުންސިލްގެ ގޮނޑީގެ %33 އަންހެނުންނަށް ހާއްސަކުރަންވެސްވަނީ ނިންމާފައެވެ.   ކައުންސިލަތަށް ބާރުވެރިކޮށް ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަޢުދެއްކަން ފާހަގަކޮށްލެވެއެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...