އުނގޫފާރު އަދި އަލިފުށި ސްކޫލުގެ މަލްޓި ޕާރޕޯސް ހޯލު އަޅާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފި
އުނގޫފާރު ސްކޫލާއި އަލިފުށި ސްކޫލުގައި އިމާރާތްކުރާ މަލްޓިޕާޕޯސް ހޯލުގެ އަމަލީ  މަސައްކަތް ފެށުމުުގެ ގޮތުން އެ ދެ ސްކޫލުގެ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.   މި ސްކޫލްތަކުގައި މަލްޓި ޕާޕޯސް ހޯލެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ. އުނގޫފާރު ސްކޫލާއި އަލިފުށި ސްކޫލުގެ އިތުރުން ހުޅުދުއްފާރު ސްކޫލުގައިވެސް މަލްޓިޕާޕޯސް ހޯލެއް އެޅުމަށް މިއަހަރުގެ ބަގެޓުގައި 1 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.    މީގެއިތުރުން މަޑުއްވަރީ ސްކޫލުގައިވެސް މަލްޓިޕާޕޯސް ހޯލެއް އެޅުމަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.      
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...