މީދޫ ޓައިމްސްގެ ޕޯލް: %83 އިން ކުރި ހޯއްދެވީ އިބޫ
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު މި އިންތިޚާބުގެ ނަތީޖާ ނުކުންނާނެގޮތަކާއިމެދު އާންމުންގެ ޚިޔާލުހުރިގޮތެއް ބަލާލުމަށް މީދޫ ޓައިމްސްއިން ކުރިއަށްގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓު ރޭ 12:00އަށް ހަމަވިއިރު %83 ވޯޓުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު  އިބްރާހީމް މުޙައްމަދު ޞާލިޙު ކުރިހޯއްދަވައިފިއެވެ.
މުޅި ޖުމްލަ 3،139 މީހުން ވޯޓުލި މި ޕޯލްގައި ޕްރޮގްރެސިވް ޕާރޓީ އޮފް މޯލްޑިވްސްގެ ކެނޑިޑޭޓު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަތީ 539 ވޯޓެވެ. އިދިކޮޅު ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް 2،600 ވޯޓު ލިބިވަޑައިގަތެވެ.
މިވޯޓަކީ އާންމުންގެ ޚިޔާލުހޯދުމުގެ ވޯޓަކަށް ވީއިރު މި ވޯޓުގެ ނަތީޖާއަކީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަމްޒުކޮށްދޭނެ ނަތީޖާއަކަށްނުވި ނަމަވެސް މީސް މީޑިޔާގައި ނެގުނު ހުރިހާ ވޯޓެއްކަހަލަ ގޮތަކަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓުވަނީ ކާމިޔާބުކުރައްވާފައެވެ.
މާދަމާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މާދަމާ އޮންނަ އިރު ރާއްޖޭގައި ވޯޓުދިނުމުގެ ހައްޤު ލިބެނީ 262،135 މީހުންނަށެވެ. ރ. މީދޫގައި ވޯޓުދިނުމުގެ ހައްޤުލިބިފައިވަނީ 1445 މީހަކަށެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...