ރިޔާސީ އިންތިޙާބުގެ ލައިވް ކަވަރޭޖް މާދަމާ ހެނދުނު މީދޫ ޓައިމްސްއިން ފަށާނެ
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށްޓަކައި މީދޫ ޓައިމްސް އިން ތައްޔާރުވެއްޖެއެވެ.   މާދަމާ ހެނދުނު ވޯޓުލުން ފެށޭ ހިސާބުން ފެށިގެން ވޯޓާއި ގުޅޭ އެންމެހާ ކަންތައްތަކުގެ އެންމެ ފަހުގެ ތާޒާ ހަބަރާއި ފޮޓޯ މީދޫ ޓައިމްސްގެ ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި މީދޫގައި ބެހެއްޓޭ ދެ ވޯޓު ފޮށި ދޮށުގައިވެސް 'އެމް.ޓީ' ގެ މޮނިޓަރުން ހަރަކާތްތެރިވާގޮތަށްވަނީ ހަމަޖެހިފައެވެ.   މީދޫ ޓައިމްސްއިންވަނީ މިދިޔަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޙާބުގެ ލައިވް ކަވަރޭޖްވެސް ގެނެސްދީފައެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...