ރޭގެ މެޗުތައް ރޯވާސް އަދި ބުންވަރު ކާމިޔާބުކޮށްފި!
ރޭގެ މެޗުތައް ރޯވާސް އެފްސީ އަދި ބުންވަރު އެފްސީން ކާމިޔާބުކޮށްފިއެވެ.   ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ރޯވާސް އެފްސީ އަދި ޖޯލި މޯލްޑިވްސްއެވެ. މި މެޗު ވާދަވެރި ކުޅުމަކަށްފަހު 8 – 7 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޯވާސް އެފްސީއެވެ. މެޗުގައި ރޯވާސްގެ މަމްދޫހް އަދި ޝަމްވީލް ވަނީ ކޮންމެ ކުޅުންތެރިއަކު 4 ގޯލް ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯވާސްގެ މުޙައްމަދު މަމްދޫހުއެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީ ގެ ހަވާސް އެސްސީ އަދި ބުންވަރު އެފްސީއެވެ. މި މެޗު ބުންވަރު އެފްސީ ކާމިޔާބުކުރީ ބައިކޮޅަށް ގޯލައެއް ވަނަނުދީ ހަވާސް ކޮޅަށް ދެ ގޯލް ޖަހައިގެންނެވެ. މި މެޗުގައި ބުންވަރުގެ ގޯލްތައް ކާމިޔާބުކޮށްދީ މުޙައްމަދު ފަރުހާން އަދި އަޙްމަދު ހުސައިންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުންވަރު އެފްސީގެ ގޯލް ކީޕަރ ހަސަން ނަސްމަތެވެ.   މުބާރާތުގައި މިރޭގެ ފުރަތަމަ މެޗުގައި 22:00 ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ތަންގަނޑު އެފްސީ އަދި ޓީމް އެޕަލް އެވެ. ދެވަނަ މެޗުގައި 23:00ގައި ބައްދަލުކުރާނީ ގުރޫޕް ބީގެ އައިވެންޓަސް އަދި ކުޑަފުށި ރިސޯޓެވެ.   މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ލިޓަސް އެވެ. މީޑިއާ ޕާރޓްނައަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...