ބުންވަރު އެފްސީ އަދި ޖޯލި މޯލްޑިވްސް ރޭގެ މެޗްތައް ކާމިޔާބުކޮށްފި!
އެމް.އީ.ސީ ފުޓްސަލް ފިއެސްޓާގެ ރޭގެ މެޗުތައް ބުންވަރު އާއި ޖޯލި މޯލްޑިވްސް ކާމިޔާބުކޮށްފިއެވެ.   ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް އެޕްލަ އަފި ޖޯލި މޯލްޑިވްސްއެވެ. މި މެޗު 3 – 1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޖޯލި މޯލްޑިވްސްއެވެ. މެޗުގައި ޖޯލީ މޯލްޑިވްސްގެ އަޙުމަދު އީސާވަނީ 2 ގޯލް ކާމިޔާބުކޮށްދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. ޖޯލީގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ހުނައިފް އަބުދުލް ރައްޒާގެވެ. ޓީމް އެޕަލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު މުބީނެވެ.   ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީގެ ކުޑަފުށި އަދި ބުންވަރު އެފްސީއެވެ. ބުންވަރު އެފްސީ މި މެޗު ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަޙުމަދު ހުސައިންވަނީ މެޗުގައި 2 ގޯލް ޖަހާފައެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދެވެ.   މިމުބާރާތުގައި މިރޭ 22:00ގައި ބައްދަލުކުރާނީ ގުރޫޕް އޭގެ ރޯވާސް އެފްސީ އަދި ލިންކޭޖް ބްރަދާސްއެވެ. ގުރޫޕް ބީގެ ފަހު މެޗުގައި 23:00ގައި ބައްދަލުކުރާނީ ބުންވަރު އެފްސީ އަދި އައިވެންޓަސްއެވެ.   މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ލިޓަސްއެވެ. މިޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...