ފައިނަލްގައި ބުންވަރު އަދި ހަވާސްގެ ކުރިމަތިލުމެއް!
އެމްއީސީ ފުޓްސަލް ފިއެސްޓާގެ ފައިނަލަށް ބުންވަރު އެފްސީ އަދި ހަވާސް އެސްސީ ދަރުތުކޮށްފިއެވެ.   ރޭގައި ކުޅެވުނު ފުރަތަމަ ސެމީގައި ބައްދަލުކުރީ ތަންގަނޑު އެފްސީ އަދި ހަވާސް އެސްސީއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ހަވާސް އެސްސީ ކާމިޔާބުކުރީ ތަނގަނޑު އެފްސީ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުންއަރާ ތިން ގޯލް ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހަވާސް އެސްސީގެ ނާޖިހު މުޙައްމަދު ގޯލައެއް ކާމިޔާބުކޮށދިންއިރު އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އަބުދުލް މުޙައިމިނާއި، މުޙައްމަދު އާސިފެވެ. ތަންގަނޑުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަލީ ހާފިޒެވެ.   ދެވަނަ ސެމީގައި ބައްދަލުކުރީ ބުންވަރު އެފްސީ އަދި ރޯވާސް އެފްސީއެވެ. މިމެޗުގައި 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބުންވަރު އެފްސީއެވެ. މެޗުގެ ފުރަތަމަ ހާފް ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ހާފް ވެގެން ދިޔައީ ބުންވަރު އެފްސީ މެޗު ކޮނަޓްރޯލް ކޮށްގެން ކުޅުނު ހާފަކެށެވެ. މެޗުގައި ބުނަވްރުގެ ސާޖިދު ރަޝީދު އަދި އަޙްމަދު ހުސައިންވަނީ ކޮންމެ ކުޅުންތެރިޔަކު 2 ގޯލް ކަމިޔާބުކޮށްދީފައެވެ. އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ އައްޒާމް ހުސައިން އަދި މުޙައްމަދު ފަރުހާނެވެ. ރޯވާސްގެ ގޯލްތައް ކާމިޔާބުކޮށްދިނީ މުޙައްމަދު މަމްދޫހް އަދި ސަމްވީލް މުޙައްމަދެވެ.   ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 10 ސެޕްޓެމްބަރ 2019 ވާ އަންގާރާ ދުވަހުގެ ރޭ 22:00 ގައެވެ. ފައިނަލްގައި ބައްދަލުކުރާނީ ހަވާސް އެސްސީ އަދި ބުންވަރު އެފްސީއެވެ.   ފައިނަލް މެޗުވެސް މީދޫ ޓައިމްސްއިން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.   މި މުބާރާތުގެ މެއިން ސްޕޮަންސަރއަކީ ލިޓަސްއެވެ. މީޑިއާ ޕާރޓްނަރަކީ މީދޫ ޓައިމްސްއެވެ.
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...