އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ބާބަކިޔުއެއް ބާއްވަނީ!
މިދިޔަ އާދިއްތަދުވަހު ރާއްޖޭގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހާއްސަ ބާބަކިޔުއެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.    މިރޭ 9:00ގައި މީދޫ ޕްރީ ސްކޫލާ ދިމާ އަތިރިމަތީގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބާބަކިޔުއަކީ ރިޔާސީ އިންތިޚާބު އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރުމާގުޅިގެން ކުރިއަށްގެންދާ ބާބަކިޔުއެއްކަމަށް އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން ޓީމުގެ ފަރާތުން މައުލޫމާތުދެއެވެ.   ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރުމާގުޅިގެން ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން އިއްޔެވަނީ ވެހިކަލްބުރެއްވެސް މީދޫގައި ކުރިއަށް ގެންގޮސްފައެވެ.    އިބޫ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ 58 އިންސައްތަ ވޯޓާއެކު ބޮޑު ތަފާތަކުންނެވެ. އިބޫއަށް 134،146 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ޔާމީނަށް ލިބިވަޑައިގަތީ 95،623 ވޯޓެވެ. 
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...