ރައީސް ނަޝީދެވެ! އެމް.ޑީ.އެން ދިފާއުކުރައްވަން ހަދައިގެން ތިޔަ އެޅެނީ ވަރަށް ބޮޑު ޅަ އެއްޗެކެވެ!
މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކުގެ ނަމުގައި ހިންގަމުން އަންނަ ޖަމުޢިއްޔާއަކުން މާތް ނަބިއްޔާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓެއް އާއްމުންގެ ތެރެއަށް ފެންމަތިވެގެން އައިތާ 3 ހަފްތާވަނީއެވެ. ރިޕޯޓު ފެންމަތިވުމާއިއެކު އާއްމު ރައްޔިތުންނާއި ދީނީ ޢިލްމުވެރިންވެސް މި ރިޕޯޓު ކުށްވެރިކޮށް އެ ޖަމުޢިއްޔާ އުވާލާ ފިޔަވަޅު އެޅުމަށް ގޮވާލަން ފެށިއެވެ.   އަދި 'ބޭން އެމް.ޑީ.އެން' ނަމުގައި ކުރިއަށް ގެންދަން ފެށި ކެމްޕެއިން ޤައުމީ ބޮޑު ކެމްޕެއިނަކަށް ވެގެންދިޔައެވެ. އަދިވެސް މި ކެމްޕެއިން ވައިގައި ހިފިވި ވަރަށް ކުރިއަށްދެއެވެ. އެހެންނަމަވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މި ރިޕޯޓުގެ ދިފާޢުގައި ވަރަށް ގަދައަށް ވާހަކަދައްކަވާ ބޭފުޅެއް އެބައުޅެއެވެ. އެއީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދެވެ.   މި ރިޕޯޓު ނެރުންފަހުން ޕޯޑިއަމްއަކަށް އަރާ ވާހަކަދެއްކިއަސް އެ ރިޕޯޓު ދިފާޢުނުކޮށް އެމަނިކުފާނުގެ ވާހަކަފުޅު ނިންމައެއް ނުލައްވައެވެ. ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެ ރިޕޯޓު ދިފާޢުކުރެވޭތޯ ބަލައެވެ. އެއީ އިނގިރޭސީން ލިޔާން އުޅެނިކޮށް ވެފާ ހުރި ގޮތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު އެމަނިކުފާނު އެ ވިދާޅުވީ އެމް.ޑީ.އެންގެ ރިޕޯޓުގެ ވާހަކަ ދައްކަނީ ހަނގުރާމައަށް މީހުން ފޮނުވާ މީހުންކަމަށެވެ.   އެހެންވީއާ އެމަނިކުފާނު އެ ވިދާޅުވަނީ އެ ރިޕޯޓު ކުށްވެރިކޮށް ބަޔާން ނެރުނު ހުރިހާ ކައުންސިލްތަކަކީވެސް ސީރިޔާއަށް މީހުން ފޮނުވާ ކައުންސިލްތަކެކޭ ހެއްޔެވެ؟ އަދި އެ ރިޕޯޓުގެ ވާހަކަދައްކާ އެމީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ ގިނަ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަކީވެސް ސީރީޔާއަށް މީހުން ފޮނުވާ މީހުންހެއްޔެވެ؟   ހުދު އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ އެތައް މެމްބަރުންނެއްވެސް އެމަނިކުފާނު އެމް.ޑީ.އެން ދިފާޢުކޮށް ވާހަކަދައްކާތީ އެކަމާ ހިތްހަމަނުޖެހި އެމަނިކުފާނާއި ދެކޮޅަށް ވާހަކަދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ވަރުގަދަ ސަޕޯޓަރުންނާއި އެ ޕާޓީގެ ޓިކެޓުތަކުގައި މަޤާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތަށްވެސް ފާހަގަކޮށްލެވެއެވެ.
އެމް.ޑީ.އެންގެ ރިޕޯޓު ދިފާއުކޮށް ރައީސް ނަޝީދު ވާހަކަފުޅުދައްކަވާތީ ރ. އަތޮޅު ކައުންސިލްގެ ރައީސް ފޭސްބުކްގައި ޖެއްސެވި ސްޓޭޓަސް
އެމް.ޑީ.އެންގެ ރިޕޯޓާއި ދެކޮޅަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަޙްމަދު
ހަޤީޤަތަކީ ޕާޓީގެ ގިނަ މެމްބަރުންތަކަކާއި ދިވެހި ގިނަ ރައްޔިތުންގެ ވާހަކަތަކާއި ދެކޮޅަށް ރައީސް ނަޝީދު އެމް.ޑީ.އެން ދިފާޢުކޮށް ވާހަކަދެއްކުމަކީ އެމަނިކުފާނަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެކެވެ. އެޅޭ ވަރަށް ބޮޑު ޅައެއްޗެކެވެ. އަދިވެސް އެމަނިކުފާނަށް ރަނގަޅު ވާނީ އެމް.ޑީ.އެންއާއި ދެކޮޅަށް ނިކުތުންކަން ޔަޤީނެވެ.  
ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް

...