Affno Traders

ކުއްލި ޙަބަރު: އިތުރު މަޝްވަރާތަކަށްފަހުވެސް މުބާރާތް ހޯސްޓުކުރުމުގެ މީދޫއަށް!

އެފް.އޭ.އެމްއިން ބޭއްވި މަޝްވަރާތަކަށްފަހު މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް މީދޫގައި ކުޅޭ ގޮތަށް  ނިންމައިފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ބޭއްވި ބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވެފައިވާ އަލިފުށި، އިންނަމާދޫ އަދި މީދޫ ކައުންސިލްގެ ކައުންސިލަރުން ބައިވެރިވެފައިވާއިރު މިއަދު އެފް.އޭ.އެމްގެ ރައީސްއާއިއެކު ބޭއްވި ބައްދަލުވުމުގައި މީދޫ ކައުންސިލުންނާއި އަލިފުށި ކައުންސިލުން ބައިވެރިވެފައިވެއެވެ.

މީދޫގައި މުބާރާތް ކުޅޭ ގޮތަށް ނިންމީ މި މީޓިންގތަކުގައި ދެކެވުނު ވާހަކަތަކަށް ރިޔާޢަތްކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.

މުބާރާތް ބާއްވާނެ ރަށް ކަނޑައެޅި ނަމަވެސް މުބާރާތް ފަށާނެ ތާރީޙެއް އެފް.އޭ.އެމްއިން އަދި އަންގާފައެއް ނުވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!!

avatar

އަލީ ޝަހީމް
ގެސްޓް
އަލީ ޝަހީމް
3 މަސް 10 ދުވަސް ކުރިން

ތި ދަނޑަކީ އެފްއޭއެމްގެ މިންގަނޑަށް ފެތޭ ދަނޑެއް ނޫން. ތިދަނޑުގެ މިން ހަމަ ނުވާކަމަށާ އެހެންވިޔަސް ސިޔާސީ ގޮތުން ނުފޫޒު އައިސްގެން މީގެ ކުރިންވެސް މީދޫގައި މެޗް ކުރިޔަށް ގެންދަން ޖެހުނުކަމަށް އޭރު އެފްއޭއެމްގެ އޮފިޝަލް މަ ގާތު ބުނި. ދަނޑުގެ ވަށާ ފާރާ ދަނޑާމެދު އެކަށީގެންވާ މިނެއް ނުހުރޭ. ރޮސްޓްރަމްއާ ދަނޑުގެ ލައިންއާ ދެމެދު 5 ފޫޓް ނުހުރޭ. ވީމާ, މީދޫގައި ތި މެޗްތައް ފުރަތަމަ ބޭއްވިދާނެ ކަމާމެދުވެސް ޝައްކު… މިކޮމެންޓް ޖަހާނެބާ..

Meena
ގެސްޓް
Meena
3 މަސް 8 ދުވަސް ކުރިން

Salaamathun kulhun therinnah rashaahamayah dheveynebaa

wpDiscuz