Affno Traders

މީދޫ ކަނބަލުންނާއި އަންހެނުންގެ ކޮމިޓީ ގުޅިގެން ޙާއްސަ ދީނީ ފޯރަމެއް މިއަދު ހަވީރު ބާއްވަނީ

މީދޫ ކަނބަލުންނާއި މީދޫ އަންހެނުންގެ ކޮމިޓީ ގުޅިގެން “ޙަދީޖާ ރަޟިޔަﷲ ޢަންހަ_ އަހަރެމެންގެ ނަމޫނާ” ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ހަވީރު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މީދޫގެ ކަނބަލުންނަށް ޙާއްސަކޮށްގެން މިއަދު ހަވީރު އަންހުންގެ އިޖުތިމާޢީ މަރުކަޒުގައި ކުރިއަށް ގެންދާ މި ފޯރަމުގެ މައިގަނޑު މަޤުސަދަކީ މީދޫގެ ކަނބަލުންނަށް ޙަދީޖަތުގެފާނުގެ ދިރިއުޅުއްވުމާއި އެއްގޮތަށް އުޅުމަށް ވާގިވެރިވުންކަމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތަކުން މަޢުލޫމާރު ދެއްވިއެވެ.

“މީދޫ ކަނބަލުން”ގެ ނަމުގައި މީދޫ ކަނބަލުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިއީ ބާއްވާ އެންމެ ފުރަތަމަ އިވެންޓެވެ. މީގެ އިތުރުން ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދުގެ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައެވެ.

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz