Affno Traders
މިނިވަން 50 ޗެމްޕިޔަންޝިޕުގައި އިންނަމާދޫކޮޅަށް ގޯލްޖެހުމަށްފަހު މީދޫ އެފްސީ ކުޅުންތެރިން އުފާފާޅުކުރަނީ | ފޮޓޯ: އެފް ސީ ރ. މީދޫ

މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް ހޯމަ ދުވަހު މީދޫގައި ފަށަނީ

އަތޮޅުތެރެއަށް ހުޅުވާލައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފް.އޭ.އެމްއިން ބާއްވާ މިނިވަން ޗެމްޕިއަންޝީޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް މި މަހުގެ 12ވާ ހޯމަ ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ ރ. އަތޮޅު ބުރުގައި ބައިވެރިވެފައިވަނީ ހަތަރު ރަށަކުންނެވެ. އެއީ މީދޫ، އުނގޫފާރު، އިންނަމާދޫ އަދި އަލިފުށިންނެވެ. މުބާރާޓުގެ ފުރަތަމަ މެޗުގައި މީދޫ ސްޕޯރޓްސް ކުލަބުން ނިކުންނާނީ އުނގޫފާރާއި ދެކޮޅަށެވެ. އެއަށްފަހު 13 މާޗުގައި އިންނަމާދޫ ނިކުންނާނީ އަލިފުށްޓާއި ދެކޮޅަށެވެ.

މާޗުމަހުގެ 15 ވަނަ ދުވަހު މީދޫ ސްޕޯރޓްސް ކުލަބުގެ ދެ ވަނަ މެޗުގައި ނިކުންނާނީ އަލިފުށްޓާއި ދެކޮޅަށެވެ. 16 މާޗުގައި ކުޅުމަށް ހަމަޖެހިފައިވަނީ އުނގޫފާރު އަދި އިންނަމާދޫ ވާދަކުރާ މެޗެވެ.

18 މާރޗް ގައި މީދޫ ސްޕޯރޓްސް ކުލަބުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންނަމާދޫއާއި ދެކޮޅަށް ނިކުންނަން ޖެހޭއިރު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި 19 މާރޗްގައި އުނގޫފާރުނު ނިކުންނާނީ އަލިފުށްޓާއި ދެކޮޅަށެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 22 މާރޗުގައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫގައެވެ.

 

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz