Affno Traders
މުބާރާތަށް ދަނޑު ތައްޔާރުކުރެވިފައި. އެމް.ޓީ ފޮޓޯ: އަބްދުﷲ ރަޝީދު

މިނިވަން ޗެމްޕިއަންޝިޕު: މީދޫއަށް ފުޓުބޯޅައިގެ ބޮޑު ޢީދެއް!

އަހަރުތަކަކަށްފަހު މާދަމާއަކީ މީދޫގައި ކުޅިވަރުގެ ބޮޑު ޢީދެއް ފެށިގެންދާނެ ދުވަހެކެވެ. އެއީ އަނެއްކާވެސް އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތްކަމުގައިވާ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް މާދަމާ މީދޫގައި ފެށިގެންދާތީއެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް ހޯސްޓުކުރުމުގެ ފުރުސަތު ލިބުމާއިއެކު މުބާރާތަށް މުޅި ރަށް މުބާރާތައް ޒީނަތްތެރިކޮށް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް މިހާރު މަސައްކަތްތައްވަނީ ގާތްގަނޑަކަށް ނިންމާލެވިފައެވެ. ދަނޑުގެ ސަރަހައްދުވެސް ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާއިރު ދަނޑަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ ގެނެސްފައެވެ.

މި މަސައްކަތްތަކުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ޢަމަލީގޮތުން މަސައްކަތްތަކުގައި ބައިވެރިވަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މިދޫ އަންހެނުންގެ ފަރާތުން މަސައްކަތްކުރާ ފަރާތްތަކުގެ ބައެއް ގަޑިތަކުގެ ކެއުންވެސް ތައްޔާރުކޮށްދީފައިވެއެވެ.

އެންމެ ފަހުން ރ. އަތޮޅު މުބާރާތުގެ މެޗުތައް މީދޫގައި ކުޅެފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަހަރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އޭގެ ކުރިން 2011 ވަނަ އަހަރުވެސް ރ. އަތޮޅު މުބާރާތް މީދޫގައި ކުޅެފައިވެއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ މެޗުތައް މާދަމާ ފަށާއިރު މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 4 ރަށަކުންނެވެ. އެއީ މީދޫ، އުނގޫފާރު، އިންނަމާދު އަދި އަލިފުށިންނެވެ. މުބާރާތް ފަށްޓާ މެޗުގައި މާދަމާ ބައްދަލުކުރާނީ ފާއިތުވެދިޔަ އަހަރު މުބާރާތުގެ ފައިނަލްގައި ބައްދަލުކުރި މީދޫ އަދި އުނގޫފާރެވެ.

 

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz