Affno Traders

މިނިވަން ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި މިއަދު މީދޫ އެސް.ސީއިން އުނގޫފާރާއި ދެކޮޅަށް ނިކުންނަނީ!

މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މީދޫ ސްޕޯރޓްސް ކުލަބުން އުނގޫފާރު އެފް.ސީ އާއި ދެކޮޅަށް ނިކުންނާނެއެވެ.

ޒުވާން ވަރުގަދަ ސްކޮޑަކާއިއެކު މީދޫ އެސް.ސީއިން މިއަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އެންމެ ބޮޑު އަމާޒަކީ މިދިޔަ އަހަރުގެ ހިތި ހަނދާން ނައްތާލާ މިއަހަރުގެ މުބާރާތުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރުމެވެ.

މެޗުގެ ކުރިން އެމް.ޓީ އާއި ވާހަކަދައްކަމުން މީދޫ އެސް.ސީގެ ކޯޗު ހަސަން ޝަރީފް (ރޯމިއޯ) ބުނީ ޓީމު މިހާރު އޮތް ހާލަތާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށާއި މިއަދު މެޗުގެ އަމާޒަކީ ސީދާ ތިން ޕޮއިންޓް ހޯދުންކަމަށެވެ. މީގެ އިތުރުން ޓީމުގައި މިވަގުތު އެއްވެސް އަނިޔާގެ މައްސަލައެއްވެސް ނޫޅޭކަމަށް ރޮމިއޯ ފާހަގަކުރިއެވެ.

މިއަދުގެ މެޗުގައި ބައްދަލުކުރާ މީދޫ އެސް.ސީއާއި އުނގޫފާރު އެފް.ސީ އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ ފައިނަލް މެޗުގައެވެ. އެ މެޗު ހަނިގޮތަކަށް 0-1 ން ކާމިޔާބުކުރީ އުނގޫފާރު އެފް.ސީންނެވެ.

މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:45 ގައެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މީދޫގައެވެ.

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz