Affno Traders

މިދޫ ސްޕޯރޓްސް ކުލަބާއި އުނގޫފާރު ބައްދަލުކުރާ މެޗު މީދޫ ޓައިމްސްއިން ލައިވް ކުރަނީ

މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގައި މިއަދު މީދޫ އެސް.ސީއާއި އުނގޫފާރު ބައްދަލުކުރާ މެޗު މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

މި މެޗު ލައިވްކުރަން އެމް.ޓީން ނިންމީ މެޗު ބަލާލުމަށް ރަށަށް ނާދެވިފައިވާ އެތައް ބަޔަކަށް މެޗު ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުންނެވެ. އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާނުވާނަމަ މުޅި މެޗުއެއްކޮށް މީދޫ ޓައިމްސްގެ ފޭސްބުކް ޕޭޖުން ބަލައިލެވޭނެއެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕުގެ މެޗެއް ‘އެމް.ޓީ’ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާ ފުރަތަމަ ފަހަރު ނަމަވެސް ރަށުގައި ބޭއްވޭ ބޮޑެތި ހުރިހާ އިވެންޓެއް އެމް.ޓީއިން މިހާރު ލައިވްކުރާކަން ފާހަގަކޮށްލެވެއެވެ.

 މީގެ އިތުރުން 2016 ވަނަ އަހަރު އެމް.ޖޭ.އެސް ފުޓުބޯލް ޗެލެންޖުގެ މީޑިއާ ޕާރޓުނަރެއްގެ ގޮތުން އެ މުބާރާތުގެ ހުރިހާ މެޗެއް މީދޫ ޓައިމްސްއިން ލައިވް ސްޓްރީމްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz