Affno Traders

މެޗު ކާމިޔާބު ކުރެވުނީ ކުޅުންތެރިން ދެއްކި ހިއްވަރުގެ ސަބަބުން – ކޯޗު ރޯމިއޯ

މިނިވަން ޗެމްޕިއަންޝިޕުގެ ރ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އުނގޫފާރު އެފް.ސީއަތުން މޮޅުވެވުނީ މީދޫ ސްޕޯރޓްސް ކުލަބުގެ ކުޅުންތެރިން ދެއްކި ހިއްވަރާއި ކުރި މަސައްކަތުގެ ސަބަބުންކަމަށް ކޯޗު ރޯމިއޯ ބުނެފިއެވެ.

އިއްޔެގެ މެޗަށްފަހު ‘އެމް.ޓީ’ އާއި ވާހަކަދައްކަމުން ކޯޗު ބުނީ މެޗުގައި ޓާގެޓުކުރި ތިން ޕޮއިންޓް ލިބުމާއިއެކު ވަރަށް ހިތްހަމަޖެހޭކަމަށާއި ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދެ ވަނަ ހާފުގައި ޓީމުގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ކޯޗު ރޯމިއޯ ވަނީ ސަޕޯރޓަރުންގެ ސަޕޯޓޫ ފާހަގަކޮށް ދެން އޮތް މެޗުތަކުގައިވެސް ސަޕޯރޓަރުންގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކޮށްފައެވެ.

އިއްޔެގެ މެޗުގައި މީދޫ އެސް.ސީން އުނގޫފާރުގެ މައްޗަށް ކުރި ހޯދީ އުނގޫފާރުން ލަނޑެއް ޖާހަފައިވަނިކޮށް ފަހަތުން އަރާ 3 ލަނޑު ޖަހައިގެންނެވެ. މުބާރާތުގައި މީދޫ އެސް.ސީގެ 2 ވަނަ މެޗުގައި ބުރާސްފަތި ދުވަހު ނިކުންނާނީ އަލިފުށްޓާއި ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ!!

avatar

wpDiscuz