ވިޔަފާރި

Business

10 ޖަހާއިރު ފިހާރަތައް ބަންދު ކުރުން، ބޮޑު ބަހުސަކަށް!

އިންސާނުންނަކީ އެމީހުން ޢަމަލުކުރަމުން އައި ގޮތެއް ނުވަތަ ކުރަމުން އައި ކަމެއް ބަދަލުކުރަން ޖެހިއްޖެނަމަ ބަދަލުކުރަން ވަރަށް އުނދަގޫބައެކެވެ. އެއީ އެންމެން ޢަމަލުކުރަން ހަދާފައި ހުންނަ ޤަވާއިދުތައް ކަމުގައިވިޔަސް މެއެވެ. ކޮންމެއަކަސް މިފަހަރު މިއޮތީ މިކަހަލަ ކަމަކާއި ލައިގެންފައެވެ. މީދޫ ކައުންސިލުން އިއްޔެވަނީ އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ، ރަޖިސްޓްރީކޮށްގެން ހިންގާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑަށް ބަންދުކުރަންޖެހޭ ގަޑިތަކަށް ޢަމަލުކުރުމަށް ފިހާރަތަކައް އަންގާފައެވެ. އެ ގަޑިތަކަކީ ފިހާރަތައް ރޭގަނޑު …

އިތުރަށް ކިޔުމަށް

ފިހާރަތައް ރޭގަނޑު 10 ޖަހާއިރު އަދި ކެފޭތައް 12 ޖަހާއިރު ބަންދުކުރަން އަންގައިފި

ހުއްދަދެވިގެން ހިންގާ އެންމެހާ ފިހާރަތައް ރޭގަނޑު 10 ޖަހާއިރު އަދި ސައިހޮޓާ ކެފޭ އަދި ރެސްޓޯރެންޓުތައް ރޭގަނޑު 12 ޖަހާއިރު ބަންދުކުރަން މީދޫ ކައުންސިލުން މީދޫގެ ވިޔާފާރިތަކާއި ކެފޭތަކަށް އިލްތިމާސްކޮށްފިއެވެ. އެގޮތުން މީދޫގައި ހިންގާ ހުރިހާ ކެފޭ ރެސްޓޯރެންޓުތަކަށާއި ފިހާރަތަކަށް މީދޫ ކައުންސިލުންވަނީ މިކަމަށް އިލްތިމާސްކޮށް ސިޓީ ފޮނުވާފައިކަމަށް މަޢުލޫމާތުލިބެއެވެ. މި އުސޫލަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އެކުލަވާލާފައިވާ އުސޫލެކެވެ. މި އުސޫލާއި ހިލާފަށް ޢަމަލުކުރާ ވިޔަފާރިތަކާއިމެދު އެކޮނޮމިކް …

އިތުރަށް ކިޔުމަށް

ރީތިފަރު ރިޒޯޓުގެ އޯޕަން ޑޭ މާދަމާ އުނގޫފާރުގައި…

ރ. ފިލާދޫގައި ތަރައްޤީކޮށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރީތި ފަރު ރިޒޯޓަށް މުވައްޒަފުން ނެގުމަށް ބާއްވާ އޯޕަން ޑޭ މާދަމާ ހެނދުނުން ފެށިގެން އުނގޫފާރު ސުކޫލުގައި އޮންނާނެއެވެ. އޯޕެން ޑޭ ފެށޭނީ މާދަމާ ހެނދުނު 10:00 ގައެވެ. އޯޕަން ޑޭގައި އެފް.އެން.ބީ، ހައުސްކީޕިންގ އަދި ފްރޮންޓް އޮފީހަށް މުވައްޒަފުން ނަގާނެކަމަށް މަޢުލޫމާތުލިބެއެވެ. މި އޯޕެންޑޭއަކީ އެ ރިޒޯޓަށް މުވައްޒަފުން ނެގުމަށް ބާއްވާ ފުރަތަމަ އޯޕެންޑޭއެވެ. ރީތިފަރު ރިޒޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ …

އިތުރަށް ކިޔުމަށް

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް ބޭންކިންގ ޕްރޮމޯޝަން މިއަދު މީދޫގައި!

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ އިންޓަރނެޓް ބޭންކިންގް ޕްރޮމޯޝަން، މިވަގުތު ރ. މީދޫގައި ކުރިއަށްއެބަދެއެވެ.     މިވަގުތު މީދޫގެ މަސްވެރިންގެ ހިޔާ ކުރިމަތީގައި  ކުރިއަށް މިދާ ހަރަކާތުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ހުޅުވުމާއި، އިންޓަނެޓް ބޭންކިންގ އަށް އެޕްލައި ކުރުމުގެ އިތުރުން ވިސާ އަދި އެމްރިކަން އެކްސްޕްރެސް ކާޑަށް އެޕްލައިކުރުމާއި ކާޑު ދޫކުރުމުގެ ހިދުމަތްދެމުންދާނެކަމަށް މައުލޫމާތުލިބެއެވެ. މިހަރަކާތް މިއަދު ހަވީރު 4 ޖަހަންދެން ކުރިއަށް ދެންދިޔުމަށް ހަމަޖެހިފައިވާކަމަށް …

އިތުރަށް ކިޔުމަށް

ފޭސްބުކް ޕޭޖަށް ލައިކް ލިބުނީމަ ރޮހިންޖާއަށް އެހީދޭ އުޞޫލު ހަމަ ރަނގަޅު

ލިޔުނީ: ޙާތިމް ޔޫސުފް ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިއެއް ކަމަށްވާ ލިޓަސް އޮޓޯމޮބައިލްސްގެ ފަރާތުން ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ނަމުގައި ފެށީ އަދި މުޅިން ތަފާތު ކެމްޕެއިނެކެވެ. ދިވެހި ވިޔަފާރީގެ ބާޒާރުގައި ވިޔަފާރިއަކުން ހިލޭސާބަހަށް ފެށި އެންމެ ތަފާތު އެއް ޙަރަކާތޭވެސް ބުނެވިދާނެއެވެ. ލިޓަސްގެ ފޭސްބުކްޕޭޖަށް ލިބިފައިހުރި ކޮންމެ “ލައިކް”އަކަށް 50 ލާރި ރޮހިންޖާ މުސްލިމުންނަށްޓަކާ ހަދިޔާކުރާނެ ވާހަކައެވެ. “ލައިކް” ލިބޭ ވަރަކަށް ހަދިޔާކުރާނެ ޢަދަދު ބޮޑުވާނެ ވާހަކައެވެ. އެކަމަށްޓަކާ، …

އިތުރަށް ކިޔުމަށް

ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. މީދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ބުރާންޗެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މީދޫގައި ބީ.އެމް.އެލްގެ ބުރާންޗެއް އަޅަނީ ކުރީގެ ގެސްޓް ހައުސް ހުރި ބިމުގައެވެ. ވީ އަވަރ އިންވެސްޓްމެންޓާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މުހިއްމު މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 90 ދުވަހުގެ މުއްދަތެއްކަން ފާހަގަކޮށްލެވެއެވެ. މި ބުރާންޗު މެދުވެރިކޮށް އެ ބޭންކުން ދެމުން އަންނަ ތަފާތު އެކި ހިދުމަތްތައް ލިބިގެންދާނެކަމަށް އެ ބޭންކުން މަޢުލޫމާތުދެއްވައެވެ. އޭގެތެރޭގައި …

އިތުރަށް ކިޔުމަށް

މަހީ’ން އަނެއްކާވެސް ތަފާތު ކަމެއް: އީދަށް ހާއްސަ މުދާތައް މިއަދު ބަނދަރުގައި ވިއްކަނީ’!

މިއަހަރުގެ އަޟްޙާ އީދަށް ހާއްސަކޮށްގެން ‘މަހީ’ ފިހާރައަށްގެނައި މުދާތައް މިއަދު ވިއްކަން ފަށާނެކަމަށް އެ ފިހާރައިން ބުނެފިއެވެ. މުޅިން ތަފާތުގޮތަކަށް މިފަހަރުގެ އީދަށް ހާއްސަ މުދާތައް ވިއްކާނީ ބަނދަރު ސްޓޭޖުގައެވެ. ‘މީދޫ ޓައިމްސް’ އަށް މަޢުލޫމާތުދެމުން މަހީ ފިހާރައިގެ މެނޭޖަރ ހަސަން ޝަރީފް ބުނި ގޮތުގައި މިފަހަރު މިގޮތަށް ބަނދަރު ސްޓޭޖުގައި ވިއްކަން ހަމަޖެއްސީ ގިނަ ކަސްޓަމަރުންތަކެއް އެދިގެންކަމަށެވެ. މަހީ ފިހާރައަކީ އަބަދުވެސް ކަސްޓަމަރުން އެދޭގޮތަށް ކަންތައްކުރުމުގައި މަޤުބޫލުކަން ހޯދާފައިވާ …

އިތުރަށް ކިޔުމަށް