ސިއްޙަތު

Health

އިންފުލުއެންޒާއިން ރައްކާތެރިވުމަށް 6 އަހަރުން ދަށުގެ ކުދިންނަށް މީދޫ ސިއްޙީ މަރުކަޒުން ވެކްސިން ދެނީ

 މިދުވަސްވަރު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ފެތުރެމުންދާ އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށްޓަކައި، މީދޫ ސިއްޙީ މަރުކަޒުން އުމުރުން 6 މަސް ފުރި 6 އަހަރު ނުފުރޭ ކުދިންނަށްވެސް މާދަމާއިން ފެށިގެން ވެކްސިން ދޭނެކަން އެ މަރުކަޒުން ހާމަކުރައްވައިފިއެވެ. މީގެ ދުވަސްކޮޅެއް ކުރިން މީދޫ ސިއްޙީ މަރުކަޒުންވަނީ މާބަނޑު މީހުންނަށާއި، އުމުރުން ދުވަސްވީ މީހުންނަށް އަދި ނުރައްކާތެރި ބަލިތައް ޖެހިފައިވާ މީހުންނަށް ވެކްސިން ދީފައެވެ. ކުޑަކުއްއަށް ވެކްސިން ދިނުމަށް ދާއިރު އެ ކުއްޖާގެ …

އިތުރަށް ކިޔުމަށް

ރ. އަތޮޅު ތަޢުލީމީ މަރުކަޒު ބަންދެއް ނުކުރޭ!!

މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އޫރު ރޯގާގެ ސަބަބުން މާލޭގެ ސުކޫލުތަކާއެކު އަތޮޅުތަކުގެ 5 ސުކޫލެއް މާދަމާއިން ފެށިގެން 3 ދުވަހަށް ބަންދުކުރަން ސަރުކާރުން ނިންމިއިރު، ރ. އަތޮޅު ތަޢުލީމީ މަރުކަޒު އޭގެތެރޭގައި ނުހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިއަށް އޮތް 3 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުރި ސުކޫލްތަކުގެ އިތުރަށް، ރ އިނގުރައިދޫ ސުކޫލާއި، ރ އުނގޫފާރު ސުކޫލާއި، ހދ އަތޮޅު …

އިތުރަށް ކިޔުމަށް

އިންފުލުއެންޒާއިން ރައްކާތެރިވުމަށް މީދޫ ސިއްޙީ މަރުކަޒުގައިވެސް ވެކްސިން ދޭން ފަށައިފި

މިދުވަސްވަރު ރާއްޖޭގައި ފެތުރެމުންދާ ރޯގާއިން ރައްކާތެރިވުމަށް މާލެއާއި އަތޮޅުތެރޭގައި ކުރިއަށްދާ އިންފްލުއެންޒާ ވެކްސިން ދިނުން މީދޫ ސިއްހީ މަރުކަޒުގައިވެސް ފަށައިފިއެވެ. މިގޮތުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، މާބަނޑު މީހުންނަށާއި، އެކިއެކި ސަބަބުތަކާއި ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތަކަށާއި، ކެއްސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ފަރުވާ ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރަމުންދާ އުމުރުން 3 އަހަރުންމަތީގެ ފަރާތްތަކަށެވެ. މީގެ އިތުރުން ޑައިލަސިސް ހަދަމުންދާ ފަރާތްތަކަށާއި އުމުރުން …

އިތުރަށް ކިޔުމަށް

އެންމެ ބޮޑަށް ފަރުވާ އަށް އެދެނީ ރ. އަތޮޅުން، މީދޫ ސިއްހީ މަރުކަޒުގައި އެޗް1 އެން1 ސާމްޕަލް ނަގާނެ ކިޓެއް ނެތް!

ރާއްޖޭގައި ބާރު ސްޕީޑުގައި ފެތުރެމުންދާ އެޗް1 އެން1 ރޯގާގެ ސާމްޕަލް، ބަލި މީހުންގެ ގައިން ނަގާނެ ކިޓެއް މީދޫ ސިއްހީ މަރުކަޒުގައި ނެތްކަން މީދޫ ޓައިމްސްއަށް އެނގިއްޖެއެވެ. މި ކިޓު ނެތުމުގެ ސަބަބުން މި ދުވަސްތަކުގައި ހުމާއި ރޯގާ ޖެހިގެން މީދޫ ސިއްޙީ މަރުކަޒަށް ގެންދާ އެއްވެސް ބަލި މީހެއްގެ ގައިގައި ވައިރަސް ހުރި ކަން ޔަޤީންކުރެވޭނެގޮތެއް ނެތެވެ. ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރުމާއިއެކު މީދޫ ސިއްހީ މަރުކަޒަށް …

އިތުރަށް ކިޔުމަށް

ރިޕޯޓް: ސްކޫލްތައް ބަންދު ކުރީ ރައްކާތެރިކަމަށް، ދަރިން މަގުތައް މަތީ ކުޅެން ދޫކޮށްނުލައްވާ!!

މިހާރު ދިވެހިރާއްޖޭގައި ބާރު ސްޕީޑުގައި ފެތުރެމުންދާ ނުރައްކާތެރި އެޗް1 އެން1 ވައިރަހުގެ ސަބަބުން، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ރޭގެ ވަގުތެއްގައި ބަންދުކުރީ ދަރިވަރުން ކުޅެން ވަގުތު ދޭން ނުވަތަ ބެލެނިވެރިން ދަރިވަރުން ގޮވައިގެން ޕާކަށް ގޮސް ހިތްގައިމު ވަގުތުތައް ހޭދަކުރުމަށް ފުރުސަތު ދޭކަށެއް ނޫނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޕްރޮފެޝަނަލް ލަފާއާއިއެކު އެޑިއުކޭޝަނުން ސްކޫލްތައް ބަންދުކުރަން ނިންމީ އިތުރަށް މި ނުރައްކާތެރި ވައިރަސް ފެތުރިދާނެތީ އެކަމުން ސަލަމާތްވުމަށެވެ. ނަމަވެސް ހިތާމައަކީ …

އިތުރަށް ކިޔުމަށް

ހުމުގެ ސަބަބުން އުނގޫފާރު ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ދަތުރު ފަސްކޮށްފި

މިހާރު ރާއްޖޭގައި ބާރު ސްޕީޑެއްގައި ފެތުރެމުން އަންނަ އެޗް1 އެން1 ރޯގާގެ ސަބަބުން މާދަމާ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުނގޫފާރު ހޮސްޕިޓަލްގެ އައުޓުރީޗް ޕްރޮގުރާމް ތާރީޙެއް ނެތް ގޮތަށް ފަސްކޮށްފިއެވެ. ކުރީގައި ހަމަޖެހިފައިވާ ގޮތުން މާދަމާ އުނގުފާރު ހޮސްޕިޓަލްގެ ހަމުގެ ބަލީގެ ޑޮކްޓަރާއި އަންހެންނުންގެ ޙާއްސަ ޑޮކްޓަރެއް އަދި ދަތުގެ ބަލިތަކުގެ ޑޮކްޓަރެއް މީދޫގައި ޙިދުމަތް ދޭނެއެވެ. މި ޕްރޮގުރާމް ދެން ކުރިއަށްދާނެ ތާރީޙެއް މީދޫ ސިއްހީ މަރުކަޒުން …

އިތުރަށް ކިޔުމަށް

އުނގޫފާރު ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ތިން ޑޮކްޓަރަކު މި މަހުގެ 15 ގައި މީދޫގައި ހިދުމަތް ދެނީ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގުރާމްގެ ދަށުން މި މަހުގެ 15 ވާ ބުދަ ދުވަހު މީދޫގައި ޙާއްސަ ޑޮކްޓަރުންތަކެއް ޙިދުމަތް ދޭ ގޮތަށް ހަމަޖައްސައިފިއެވެ. މިގޮތުން މިފަހަރުގެ ދަތުރުގައި މީދޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ، އަންހެނުންގެ ޙާއްސަ ޑޮކްޓަރަކާއި ދަތުގެ ޙާއްސަ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޙާއްސަ ޑޮކްޓެރެކެވެ. މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކުން މާރިޗު މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު …

އިތުރަށް ކިޔުމަށް

ވައިރަލް ހުމާއި އަރިދަފުސް ރޯގާ ފެތުރެނީ- ސަމާލުވެލައްވާ!

އެކަކު ގައިން އަނެކެއްގެ ގަޔަށް ވަރަށް ފަސޭހައިން އަރާ ބަލިތަކެއް ކަމަށްވާ ވައިރަލް ހުމާއި އަރިދަފުސް ރޯގާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގަދަޔަށް ފެތުރެމުންދާތީ އެކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ހެދުމަކީ ވަރަށްވެސް މުހިންމުކަމެވެ. ސަމާލުކަން ދޭން ޖެހޭ ބައެއްކަންތައްތައް ސަމާލުކަން ދޭންޖެހޭ ބައެއް މުހިންމު ކަންތައްތަކަށް ބަލައިލާއިރު، އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ/ ކިނބިހި އަޅާއިރު އަގަމަތީގައި އަދި ނޭފަތުގައި ކުޑަ ރުމާލެއް ނުވަތަ ޓިޝޫ ފަދައެއްޗެއް ބޭއްވުމާއި …

އިތުރަށް ކިޔުމަށް

މީދޫ ސިއްހީ މަރުކަޒު ފުރިގެން ބަލިމީހުން އެޑްމިޓްނުކުރެވިފައި!!

މިހާރު މުޅި ރާއްޖޭގައި ފެތުރެމުންދާ ވައިރަލް ހުމާއި ރޯގާގެ ބަލިމީހުން އިތުރުވެ، ރ. މީދޫ ސިއްހީ މަރުކަޒުގެ ފުރިފައިވާކަމަށް އެމަރުކަޒުން ހާމަކުރައްވައިފިއެވެ. މީދޫ ޓައިމްސްއަށް މައުލޫމާތުދެއްވަމުން މީދޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ، އަލީ ހަމީން ވިދާޅުވީ މިހުމުގައި ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެ، މިހާރުވެސް އެޑްމިޓްކުރާނެ ޖާގަނެތިގެން އެޑްމިޓް ނުކުރެވިފައި ތިބި ބަލިމީހުންވެސް އެބަހުރިކަމަށެވެ. ހަމީން ވިދާޅުވިގޮތުގައި މިދުވަސްކޮޅު އެވްރެޖްކޮށް ދުވާލަކަށް 60 އަށްވުރެ ގިނަ ބަލިމީހުން …

އިތުރަށް ކިޔުމަށް

ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭން މީދޫގައިވެސް ފެށިގެން ކުރިއަށްދަނީ

މީސްލްސް ނުވަތަ ހިމަބިހި ރާއްޖެއިން ނައްތާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ‘ޑަބްލިޔު.އެޗް.އޯ”ގެ އެހީގައި މިނިސްޓްރީ އޮފް ހެލްތުން ހިންގާ ގައުމީ ކެމްޕެއިން “އެމް. އާރް. މާރސް ކެމްޕެއިން”، ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އިއްޔެ ހެނދުނު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމާއި ގުޅިގެން، ރ.މީދޫ ގައިވެސް މިކެމްޕެއިން އިއްޔެ މެންދުރު 12:30ން ފެށިގެން ކުރިއަށް އެބަ ގެންދެއެވެ. ރ. މީދޫގައި މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ މިދޫ ކައުންސިލްގެ މެމްބަރު އަލްފާޟިލް އިބްރާހީމް ހަސަން …

އިތުރަށް ކިޔުމަށް