ލޯކަލް ކައުންސިލް އިންތިހާބު 2017

Politics

ފާއިޒް އަދި ޝުނޫން ފަހަތަށް ޖައްސާލުމަށްފަހު އަންވަރު އިބްރާހިމް ހެޓްރިކް ފުރިހަމަކުރައްވައިފި

 މި މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރ. އަތޮޅު ކައުންސިލްގެ މަޑުއްވަރީ ދާއިރާގެ ގޮނޑި މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަންވަރު އިބްރާހިމް ކާމިޔާބުކުރައްވައިފިއެވެ. އެގޮތުން އިންތިހާބު ބޭއްވުނުތާ ހަފްތާއެއްހާ ދުވަސް ފަހުން އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޑުއްވަރީ ދާއިރާއަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ނިކުންނެވި އަންވަރު އިބްރާހީމްއަށް 960 ވޯޓާއިއެކު ކުރި ލިބޭއިރު އަންވަރުއަށްވުރެ 12 …

އިތުރަށް ކިޔުމަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ ހެނދުނު 11:00 ގައި އިއުލާނުކުރަނީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ ހެނދުނު 11:00 ގައި އިއުލާނުކުރަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެކޮމިޝަނުން ދާދިދެންމެއަކު ކުރި ޓްވީޓެއްގައެވެ. އިތުރު ތަފްސީލު އަންނަނީ… ޙަސަން ފަވާޒު http://meedhootimes.com

އިތުރަށް ކިޔުމަށް

މީދޫ އަދި މަޑުއްވަރީ ކައުންސިލަށް ހޮވުނު ކެނޑިޑޭޓުންނަށް މެމްބަރު އަމީތު މަރުހަބާ ވިދާޅުވެއްޖެ

އިއްޔެ މުޅި ރާއްޖޭގައި ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރ. އަތޮޅު މީދޫ އަދި މަޑުއްވަރީގެ ރަށު ކައުންސިލަށް އިންތިހާބުވި ކެނޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުހައްމަދު އަމީތު މަރުހަބާ ވިދާޅުވެއްޖެއެވެ. މީދޫ ކައުންސިލަށް އިންތިހާބުވި ޕީ.ޕީ.އެމްގެ ތިން ކެނޑިޑޭޓުންނަށާއި މަޑުއްވަރީ ކައުންސިލަށް އިންތިހާބުވި އެމް.ޑީ.ޕީގެ ތިން ކެނޑިޑޭޓުންނަށް އަމީތު މަރުހަބާ ވިދާޅުވެފައިވަނީ ރޭ ކުރެއްވި ޓުވީޓެއްގައެވެ. ” މަޑުއްވަރީ ކައުންސިލްގެ 3 ގޮނޑި ކާމިޔާބުކުރި …

އިތުރަށް ކިޔުމަށް

މިފަހަރު މީދޫ ކައުންސިލް ބޮޑު މެނިފެސްޓޯއަކާއިއެކު ކުރިމަތިލި ޕީ.ޕީ.އެމް ކެނޑިޑޭޓުންނަށް!

 އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލަށް ބޮޑު މެނިފެސްޓޯއަކާއިއެކު ކުރިމަތިލި ޕީ.ޕީ.އެމްގެ ތިން ކެނޑިޑޭޓުން ބޮޑު ތަފާތަކުން އިންތިހާބުކާމިޔާބުކޮށްފިއެވެ. އެގޮތުން މީދޫ ކައުންސިލަށް ހޮވުނު ޕީ.ޕީ.އެމްގެ ތިން ކެނޑިޑޭޓުންނަކީ ރައްޒާން ޒަރީރު، ނާޖިހް ޖަމީލް އަދި ހުސެއިން އަފީފެވެ. މިފަހަރުގެ އިންތިހާބުގައި މީދޫ ކައުންސިލަށް ކުރިމަތިލި 9 ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބުން ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ ޕީ.ޕީ.އެމްގެ ކެނޑިޑޭޓު ނާޖިހް ޖަމީލަށެވެ. …

އިތުރަށް ކިޔުމަށް

ލައިވް: ލޯކަލް ކައުންސިލް އިންތިހާބު 2017 ގެ ނަތީޖާ

 އައްސަލާމުއަލައިކުމް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017 ގެ މީދޫގެ ވޯޓުލުން ހިނގަމުންދާގޮތުގެ ލައިވް ކަވަރޭޖަށް އެންމެހާ ބޭފުޅުންނަށް މަރުހަބާ މި އަޕްޑޭޓަކީ ރޭ ފަތިހު 04:00 އާއި ހަމައަށް ގުނިފައިވާ ވޯޓުތަކުގެ އަޕްޑޭޓެކެވެ. ސައްހަ ނަތީޖާ ކަށަވަރުވުމުން އަޕްޑޭޓް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މަޑުއްވަރީ ދާއިރާގެ ވަގުތީ ނަތީޖާ އަންވަރު އިބްރާހީމް-927 ވޯޓު އަޙުމަދު ފާއިޒު – 891 ވޯޓު އަހުމަދު ޝުނޫން – 152 ވޯޓު .ރ.އ.ތ.މ ގައި ބަހައްޓާފައިވާ މަޑުއްވަރިީ …

އިތުރަށް ކިޔުމަށް

މާދަމާގެ އިންތިހާބު ކަވަރުކުރުމުގެ ހުއްދަ މީދޫ ޓައިމްސްއަށް ލިބިއްޖެ

ލޯކަލް ކައުންސިލް އިންތިހާބު 2017 ގެ ވޯޓުލުން މާދަމާ ހެނދުނު 8:00 އިން ފެށިގެން މީދޫގައިވެސް ކުރިއަށްދާއިރު، މިއިންތިހާބުގެ ލައިވް ކަވަރޭޖް މީދޫ ޓައިމްސް މެދުވެރިކޮށް ގެނެސްދޭގޮތަށް ހަމަޖެހިއްޖެއެވެ. މި އިންތިހާބު މޮނިޓަރ ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ މީދޫ ޓައިމސްގެ ނޫސްވެރިންނަށްދީފައެވެ. އެގޮތުން މިއިންތިހާބުގެ ވޯޓުލުން ހިނގާ ނުހިނގާގޮތް ބެލުމާއި ރައްޔިތުންނާއިހަމައަށް ގެނެސްދިނުމުގައި މީދޫ ޓައިމްސްގެ 7  ނޫސްވެރިން ހަރަކާތްތެރިވާނެއެވެ. އެގޮތުން މާދަމާ ހެނދުނު އިންތިހާބުގެ ވޯޓުލުން …

އިތުރަށް ކިޔުމަށް

މާދަމާ ވޯޓުލުމަށްޓަކައި މީދޫގައި ދެ ވޯޓު ފޮށި، މާލެ ފޮށި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި!

 މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މީދޫގައި ދެ ވޯޓު ފޮށްޓެއް ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅުއްވާ މީދޫއަށް ނިސްބަތްވާ ފަރާތްތަކުން ވޯޓުލުމަށްޓަކައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ވޯޓު ފޮށްޓެއް ބެހެއްޓިފައި ހުންނާނެއެވެ. މީދޫގެ 1 ނަންބަރު ވޯޓު ފޮށި ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީ.އާރު.ސީ ރޫމްގައި ބަހައްޓާ ގޮތަށް ހަމަ ޖެހިފައިވާއިރު 2 ނަންބަރު ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ …

އިތުރަށް ކިޔުމަށް

އަޅުގަނޑުމެން ހޮވައިދެއްވާ، އައު އުއްމީދުތަކެއް ގެނެސްދޭނަން – އެމް.ޑީ.ޕީ ކެންޑިޑޭޓު ޖުމާން

 އެމް.ޑީ.ޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލަށް ކުރިމަތިލާފައިވާ ތިން ކެނޑިޑޭޓުން ހޮވައިދީފިނަމަ މީދޫގެ ރައްޔިތުންނަށް އައު އުއްމީދުތަކެއް ގެނެސްދީ ތަފާތު ދައްކައިދޭނެކަމަށް އެމް.ޑީ.ޕީގެ ޓިކެޓުގައި މީދޫ ކައުންސިލަށް ކުރިމަތިލާފައިވާ އުމުރުން 18 އަހަރުގެ ކެނޑިޑޭޓު ޢާއިޝަތު ޖުމާން ބުނެފިއެވެ. މީދޫގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ނިކުތް އަންހެން ކަނބަލުގެ ޝަރަފް ހޯދާފައިވާ ޖުމާން މިހެން ބުނެފައިވަނީ އެމް.ޑީ.ޕީގެ ކެނޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން …

އިތުރަށް ކިޔުމަށް

ޕީ.ޕީ.އެމްގެ ކެނޑިޑޭޓުން ހޮވިއްޖެނަމަ މީދޫގެ ދެ ސަރަހައްދެއްގައި ބަށި ކޯޓު އަޅައިދޭނެކަމަށް ވަޢުދުވެއްޖެ

 ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީ.ޕީ.އެމްގެ ޓިކެޓުގައި މީދޫ ކައުންސިލަށް ވާދަކުރާ ތިން ކެނޑިޑޭޓުންނާއި އަތޮޅު ކައުންސިލްގެ މަޑުއްވަރީ ދާއިރާއަށް ޕީ.ޕީ.އެމްގެ ފަރާތުން ކުރިމަތިލާފައިވާ ކެނޑިޑޭޓު ހޮވިއްޖެނަމަ މީދޫގެ ދެ އަވަށުގައިވެސް ބަށި ކޯޓެއް އަޅައިދޭނެކަމަށް ވަޢުދުވެއްޖެއެވެ. މިކަން އިޢުލާން ކުރެއްވީ ރޭ ޕީ.ޕީ.އެމްއިން މީދޫގައި ބޭއްވި އެންމެ ފަހު ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަދި މިއަންނަ ދައުރަށްވެސް މަޑުއްވަރީ ދާއިރާއަށް ކުރިމަތިލައްވާފައިވާ …

އިތުރަށް ކިޔުމަށް

ކެންޑިޑޭޓުންގެ އެންމެ ފަހުގެ ކަންމަތީ ބައްދަލުވުންތައް ބާއްވައިފި

 ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލަށް އަދި ރ. އަތޮޅު ކައުންސިލްގެ މަޑުއްވަރީ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ކުރުމުގެ ގޮތުގެ ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުންތަކުގެ ފަހު ބައްދަލުވުން ރޭ ބާއްވައިފިއެވެ. ސަރުކާރު ހިންގާ ޕާރޓީ ޕީ.ޕީ.އެމް އަދި މައި އިދިކޮޅު ޕާޓީ އެމް.ޑީ.ޕީއިންވެސް ވަނީ ރޭ މީދޫގައި ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން މީދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެއްކަމަށްވާ މިހާރުގެވެސް ކައުންސިލް މެމްބަރ …

އިތުރަށް ކިޔުމަށް