ޚަބަރު

News

މީދޫ ޓައިމްސް ރޯދަ ކުއިޒް، މިފަހަރު ތަފާތު ވާނެ، إن شاء الله

މިދިޔަ އަހަރުގެ ރަމަޟާން މަހު މީދޫ ޓައިމްސް އިން ގެނެސްދިން އެންމެ ކާމިޔާބު އެއް އިވެންޓް ކަމުގައިވާ ރޯދަ ކުއިޒް މިފަހަރު މުޅިން ތަފާތު ގޮތަކަށް ކުރިއަށް ގެންދިޔުމަށް މީދޫ ޓައިމްސްއިން ނިންމައިފިއެވެ. މިފަހަރު ކުއިޒް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޑިފަރެންސްއެވެ. އެގޮތުން މިފަހަރުގެ ކުއިޒް ކުރިއަށްދާނީ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު މީދޫ ޓައިމްސްއިން ފޮނުވާ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 100 ރުފިޔާގެ …

އިތުރަށް ކިޔުމަށް

އޮޕަރޭޝަން ކާމިޔާބު، ނަމަވެސް ހުސެއިން ފަޔާޒަށް އަދިވެސް މާލީ އެހީތެރިކަން ބޭނުންވޭ!

ލިވަރ ޓްރާންސްޕްލާންޓު ހެދުމަށްޓައި އިންޑިޔާއަށް ދިޔަތާ 10 ވަރަކަށް މަސް ފަހުން މިދިޔަ މަހުގެ ފަހުކޮޅު ރ. މީދޫ ފުނަމާގެ ހުސެއިން ފަޔާޒްގެ ލިވަރ ޓްރާންސްޕްލާންޓް މިހާރުވަނީ ކުރެވިފައެވެ. ހުސެއިން ފަޔާޒްގެ ލިވަރ ޓްރާންސްޕްލާންޓު ހެދުމަށް ލިވަރ ޑޮނޭޓްކޮށްފައިވަނީ ރ. މީދޫ ލަކީސްޓަރ އިނާޔާ ސަލީމްއެވެ. އޮޕަރޭޝަނަށްފަހު މިހާރު އިނާޔާ އަދި ހުސެއިން ފަޔާޒުގެ ހާލަތުވެސް އަންނަނީ މަޑުމަޑުންވެސް ރަނގަޅުވަމުންނެވެ. އެހާ ގިނަ ދުވަހު އިންޑިޔާގައި ހޭދުކުރުމަށްފަހު އޮޕަރޭޝަން އާއި …

އިތުރަށް ކިޔުމަށް

މަޑުއްވަރީގައި ބާއްވާ އޯކިޑުމާ ޤުރުއާން މުބާރާތް މިއަހަރުވެސް އޮންނާނެ

މިދިޔަ އަހަރުގެ ރަމަޟާން މަހު ރ. މަޑުއްވަރީގައި ބާއްވަން ފެށި އޯކިޑުމާ ޤުރުއާން މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދާ ގޮތަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޤުރުއާން މުބާރާތަކީ ރ. މަޑުއްވަރީ އޯކިޑްމާގޭ އަލްމަރުޙޫމް އިސްލާޢީލް ޢަލީ މަނިކާއި، އަލްމަރުޙޫމާ މަރިޔަމް ޢަލީ ގެ ހަނދާނުގައި މި ދެމަފިރިކަނބަލުންގެ ދަރިންނާއި ކާފަމާމަ ކުދިން ވެގެން މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ …

އިތުރަށް ކިޔުމަށް

ރ. ފައިނުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަނީ!

ރ. އަތޮޅު ފައިނުގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅަން ރައީސުލްޖުމުހޫރިއްޔާ ނިންމަވާ އެކަން އިޢުލާން ކުރައްވައިފިއެވެ.. މިކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ‘ސަން’ އޮންލައިންއަށް ދެއްވި އިންޓަރވިޔުއެއްގައެވެ. ފައިނުގައި އެއާޕޯޓެއް އަޅަން ނިންމާ އެކަން މި ހަފްތާގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ރައީސް އަންގަވާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްގެއް އެޅުމަށް ހަމަޖެހިފައިވާ މި އެއާޕޯޓު ފައިނުގައި އަޅާނީ އައިލެންޑް އޭވިއޭޝަންއައި ރ. އަތޮޅުގެ ބައެއް …

އިތުރަށް ކިޔުމަށް

ހުސެއިން ފަޔާޒްގެ ބޮޑު އޮޕަރޭޝަން ކުރުމަށް މިއަދު އެޑްމިޓް ކުރަނީ، އާޢިލާއިން އެދެނީ ހެޔޮ ދުޢާ ކޮށްދިނުމަށް!

ލިވަރއަށް ކެންސަރުޖެހި ލިވަރ ޓްރާންސްޕްލާންޓު ހެދުމަށްޓަކައި އިންޑިޔާއަށް ދިޔަތާއި 10 ވަރަކަށް މަސްވެފައިވާ ރ. މީދޫ ފުނަމާގެ ހުސެއިން ފަޔާޒްގެ ލިވަރ ބަދަލުކުރުމަށްޓަކައި އޮޕަރޭޝަން ކުރުމަށް މިއަދު އެޑްމިޓްކުރާ ގޮތަށް ހަމަޖެހިފައިވާކަން ހުސެންގެ އާޢިލާއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ހުސެއިން ފަޔާޒަށް އެހީ ހޯދުމަށްޓަކައި އޭނާގެ އާއިލާއިން ފޭސްބުކްގައި ހަދާފައިވާ ‘ހެލްޕް ފަޔާޒް’ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ. އެ ޕޭޖުގައި ހާމަކޮށްފައިވާގޮތުގައި މިއަދު އެޑްމިޓްކޮށް މާދަމާ އޮޕަރޭޝަން ކުރާނެކަމަށް ޑޮކްޓަރުން …

އިތުރަށް ކިޔުމަށް

އިސްތަންބުލް ހާފް މެރެތަންގައި ހުސެއިން ރަޝީދު، 21.1 ކިލޯމީޓަރުގެ މެރެތަން ފުރިހަމަކުރި!  

އިއްޔެ ތުރުކީވިލާތުގެ އިސްތަންބުލްގައި ކުރިއަށް ދިޔަ ހާފް މެރެތަންގައި ބައިވެރިވި ރ. މީދޫއަށް ނިސްބަތްވާ ދުވުންތެރިއެއްކަމަށްވާ ހުސެއިން ރަޝީދު އެ އިވެންޓު ފުރިހަމަކޮށްފިއެވެ. އިއްޔެ ކުރިއަށްދިޔަ މި އިވެންޓަކީ ކޮންމެ އަހަރަކުވެސް އޭޕްރިލް މަސް ތެރޭގައި އިސްތަންބުލްގައި ކުރިއަށްދާ މެރެތަންއެކެވެ. މި މެރެތަން އަކީ ޖުމްލަ 21.2 ކިލޯ މީޓަރުގެ ދުވުމެއްކަން ފާހަގަކޮށްލެވެއެވެ. ހުސެއިން ރަޝީދު މި މެރެތަންގައި ބައިވެރިވެފައިވަނީ ‘އައިރަނާރސް’ ޓީމުގެ ތެރެއިންނެވެ. ހުސެއިން ރަޝީދުއާއިއެކު ދިވެހި އިތުރު …

އިތުރަށް ކިޔުމަށް

ރ.މީދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 23 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި

06 އޭޕްރިލް 2018 ވަނަ ދުވަހު ހަވީރު ރ.މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މީދުއްޕަރުން  23 އަހަރުގެ ޒުވާނަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. “އެމް.ޓީ”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީދުއްޕަރުން ހައްޔަރުކޮށްފައިވަނީ ރ. މީދޫގައި ދިރިއުޅޭ ރ. މަޑުއްވަރި މީހެކެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މީދުއްޕަރުން ރ.މީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ތުހުމަތުކުރެވިގެންނެވެ. …

އިތުރަށް ކިޔުމަށް

މީދޫ ބަލިކޮށް ޒޯން 3 ގެ ޗެމްޕިއަންކަން ފެހެންދޫއިން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން 3 ގެ ފައިނަލްގައި މީދޫ ސްޕޯރޓްސް ކުލަބު ބަލިކޮށް ޒޯން ބުރުގެ ޗެމްޕިއަންކަން ފެހެންދޫން ހޯދައިފިއެވެ. މިއަދު ހަވީރު ނައިފަރު ޓާފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފެހެންދޫއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޯޒީ ނަމްބަރު 29 ޝިފާހް އަދި ޖޯޒީ ނަމްބަރު 7 އާދަމް ނިޒާމްއެވެ. މީދޫ އެސް.ސީއަށް ލަނޑުތައް ޖަހައިދިނީ ނާޖިހް މުހައްމަދު އަދި އަހްމަދު …

އިތުރަށް ކިޔުމަށް

މިނިވަން ޗެމްޕިއަންޝިޕް ޒޯން 3: ފެހެންދޫ އަދި ނައިފަރު މެޗު އެއްވަރުވެ ފައިނަލަށް މީދޫ އަދި ފެހެންދޫ!

މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން 3 ގައި މިއަދު ހަވީރު ފެހެންދޫ އަދި ނައިފަރު ބައްދަލުކުރި މެޗު 0-0 ން އެއްވަރުވެ މުބާރާތުން ނައިފަރު ކަޓައިފިއެވެ. މިއަދު ހަވީރު މުބާރާތް ބާއްވާ ރަށް ނައިފަރުގައި ކުޅުނު މި މެޗު މި ނަތީޖާއިން ނިމުމާއިއެކު މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ޒޯން 3 ގެ ފައިނަލްގެ ޖާގައެއް ލިބިފައި މިވަނީ ރ. އަތޮޅުގެ ޗެމްޕިއަން މީދޫ ސްޕޯރޓްސް ކުލަބު އަދި ބ. އަތޮޅުގެ ޗެމްޕިއަން …

އިތުރަށް ކިޔުމަށް

އެމް.އެން.ޑީ.އެފްގެ ހެލިކަޕްޓަރު ޖެއްސުމުގެ ތެރޭގައި އުނގޫފާރު ބޯޅަ ދަނޑަށް ބޮޑެތި ގެއްލުންތަކެއް!

އުނގޫފާރުގައި އޮތް ބަލިމީހަކު ބަލާ އައިސް އުނގޫފާރު ބޯޅަ ދަނޑަށް އެމް.އެން.ޑީ.އެފްގެ ހެލިކަޕްޓަރެއް ޖެއްސުމުގެ ތެރޭގައި ބޯޅަ ދަނޑުގެ ބޯޅަގެއަށާއި ޗޭންޖިނގް ރޫމައް ގެއްލުންތަކެއް ލިބިއްޖެއެވެ. މިއަދު ހިނގި މިހާދިސާގައި ބޯޅަގެއާއި ޗޭންޖިންގ ރޫމްގެ ފުރާޅުވަނީ އެއްލާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ ހެލިކަޕްޓަރުގެ ވައިންނެވެ. މި ހާދިސާ ހިނގި ނަމަވެސް އެމް.އެން.ޑީ.އެފްގެ ހެލިކަޕްޓަރު ހަމަ ވަގުތުން ބަލި މީހާ ގުވައިގެން ފުރާފައިވާކަމަށް އުނގޫފާރުން މަޢުލޫމާތު ދިން މީހަކު ބުންޏެވެ. މީގެ …

އިތުރަށް ކިޔުމަށް