ސިޔާސީ

Politics

2018 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ބަޖެޓު ހުށައެޅިއިރު މީދޫއަށް އައު އެއްވެސް މަޝްރޫޢުއެއް ނެތް!

2018 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް މިއަދު ފިނޭންންސް މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު މިއަހަރުގެ ބަޖެޓުން މީދޫގެ ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނެސްފިއެވެ. ސަބަބަކަށްވެފައިވަނީ ތަރައްޤީވަމުން އަންނަ އަދި ސަރުކާރަށްވެސް ތާޢިދު ބޮޑު މީދޫއަށް ޕީ.އެސް.އައި.ޕީގެ ދަށުން މިއަންނަ އަހަރަށް އެއްވެސް އައު މަޝްރޫޢުއެއް ހިމެނިފަ ނުވާތީއެވެ. ބަޖެޓު މަޖިލީހަށް ހުށައެޅިއިރު ޕީ.އެސް.އައި.ޕީގެ ދަށުން މީދޫއަށް ހިމެނފައިވާ ހަމައެކަނި ކަންކަމަކީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކަށް …

އިތުރަށް ކިޔުމަށް

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް މީދޫ ފުރިހަމައަށް ތައްޔާރުވެފައި.

2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން މިއަދު މީދޫއަށް ޒިޔާރަތްކުރާނެއެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް މީދޫއަށް ވަޑައިގަންނަވާއިރު، މީދޫގެ ރައްޔިތުންތިބީ އުފާވެރި ހަބަރުތަކެއްގެ އިންތިޒާރުގައެވެ.  ރައީސް ޔާމީން މީދޫއަށް ވަޑައިގަންނަވާއިރުމިވަގުތަކީ މީދޫގެ ރައްޔިތުންނަށް ވަރަށްވެސް މުހިއްމު ވަގުތެކެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ސަރުކާރާއި ދެކޮޅަށް ނުކުތުމާއެކު މީދޫގެ ރައްޔިތުންގެ ހިތްތަކުގައި  ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ މީދޫއަށް …

އިތުރަށް ކިޔުމަށް

ރައީސް ޔާމީން މާދަމާ މީދޫއަށް ވަޑައިގަންނަވަނީ.

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މާދަމާ މީދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް ޔާމީން މީދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 2:45 ގައެވެ. އޭގެ ކުރިން އެ މަނިކުފާނު މާދަމާ މަޑުއްވަރީ  އަދި ފައިނަށްވެސް ވަޑައިގަންނަވާނެއެވެ. ރައީސްގެ މި ދަރުތުފުޅުގައި މިހާރު މަސައްކަތް ނިމިފައިވާ މީދޫގެ ނަރުދަމާ އިފްތިތާޙް ކުރުމާއި ރަސްމީކޮށް މަސްޖިދުލް އައްވާބީން ހުޅުވުން އޮންނާނެކަމަށް މީދޫ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އެންމެ ފުރަތަމަ މީދޫއަށް …

އިތުރަށް ކިޔުމަށް

މެޑަމް ފާތުމަތު އިބްރާހީމް މިއަދު ހަވީރު މީދޫއަށް ވަޑައިގަންނަވަނީ!

ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް މިއަދު ހަވީރު މީދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މެޑަމް ފާތުމަތު އިބްރާހީމް މީދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައިކަމަށް ޕީ.ޕީ.އެމް މީދޫ ގޮފިން މަޢުލޫމާތުދެއްވައެވެ. މިއަދު މެޑަމްވަނީ ރ. މަޑުއްވަރީއަށްވެސް ވަޑައިގެންފައެވެ. މި ދަތުރުގައި މެޑަމްއާއިއެކު ޕީ.ޕީ.އެމްގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެލައްވައެވެ. މެޑަމްގެ މިދަތުރުފުޅުގައި މީދޫގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ …

އިތުރަށް ކިޔުމަށް

މެމްބަރު އަމީތުގެ ގޮނޑި ގެއްލިއްޖެކަމަށް ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީ.ޕީ.އެމް މަޖިލިސް މެމްބަރ މުހައްމަދު އަމީތު އެ ޕާޓީން ވަކިކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމާއިއެކު މެމްބަރ އަމީތުގެ ގޮނޑި ގެއްލި، މި ދާއިރާގެ ގޮނޑި ހުސްވެއްޖެއެވެ. މެމްބަރު އަމީތު ޕީ.ޕީ.އެމްއިން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖީލީހަށް އަންގާފައިވާކަމަށް ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެ ކައުންސިލްގެ މެމްބަރުންނަށް އަންގަވާފައިވާކަމަށް ބައެއް …

އިތުރަށް ކިޔުމަށް

ފެނަކަ މަޑުއްވަރީ ބުރާންޗުގެ އެސިސްޓެންޓް މެނޭޖަރ މަޤާމުން ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ފެނަކައަށް!

ދާދި މިދާކަށް ދުވަހު ސޯޝަލް މީޑިއާގައި ފެންމަތިވެގެންދިޔަ ރ. މަޑުއްވަރީ ހިޔާވަހިގޭގެ ކަރަންޓު ބިލްގެ މައްސަލައަކާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން ފެނަކައަށް އަމާޒުވެގެންދިޔައެވެ. މިހާރު ހަދަމުން އަންނަ މި ގޭގެ ކަރަންޓު ބިލަށްވަނީ 44000 ރުފިޔާ އަރާފައެވެ. އެއަށްފަހު ފެނިގެން ދިޔައީ ފެނަކައިން އެކަމާއި ގުޅޭގޮތުން ބަޔާނެއް ނެރުން މަންޒަރެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނެފައިވަނީ އެ ބިލުގައިވާ ރީޑިންގ އަކީ ރަނގަޅު ނޫން އެންޓްރީއެއް ކަމަށް އެ …

އިތުރަށް ކިޔުމަށް

ރިޕޯޓް: ފާއިތުވެދިޔަ ތިން އަހަރަކީ ‘ތަރައްޤީގެ ތިން އަހަރު’! ޝުކުރިއްޔާ ފަސް ކައުންސިލަރުން!

ފެބްރުއަރީ 2014 ގައި ހުވާކުރި ކައުންސިލްގެ 2 ވަނަ ދައުރު މިހާރު މިވަނީ ނިމި، މާޒީގެ ތެރެއަށް ގޮސްފައެވެ. އެދުވަހު މީދޫ ކައުންސިލްގެ  މެމްބަރުކަމަށް ހުވާކުރި މެމްބަރުންގެ ދައުރު ހަމަވެފައިވާއިރު ނިމިދިޔަ ތިން އަހަރު ފާހަގަކޮށްލަންޖެހެނީ މީދޫގެ ތާރީޙުގައިވެސް އެންމެ ގިނަ އަދި އެންމެ ބޮޑެތި ތަރައްޤީގެ ޕްރޮޖެކްތައް ފެށިގެން ކުރިއަށްދިޔަ އަހަރުތަކުގެ ގޮތުގައެވެ. މީގެ އިތުރުން އެހެނިހެން އިތުރު ހަރަކާތްތަކެއްވެސް ހިންގުނު ތިން އަހަރުގެ ގޮތުގައެވެ. އެގޮތުން ފާއިތުވެދިޔަ …

އިތުރަށް ކިޔުމަށް

އުއްމީދަކީ ބީ.އެމް.އެލްގެ ބްރާންޗް އަވަހަށް މީދޫގައި ޤާއިމްކުރެވި ދާއިރާގެ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބިގެންދިޔުން – މެމްބަރު އަމީތު

ބޭންކް އޮފް މޯލްޑިވްސް އިން ރ.މީދޫގައި ޤާއިމުކުރުމަށް ނިންމާފައި އެ ބޭންކުގެ ބްރާންޗް ވީހާވެސް އަވަހަށް ޤާއިމްކުރެވި ދާއިރާގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދިޔުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު އަމީދު އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ. އަމީތު އިތުރަށް ވިދާޅުވީ ބޭންކުގެ ބްރާންޗެއް މިއަހަރު އަލަށް ޤާއިމުކުރާ ރަށްތަކުގެ ތެރޭގައި ރ. މީދޫ ހިމެނުމުން އެކަމާ ނުހަނުބޮޑަށް އުފާކުރާ ކަމަށާއި މިމަސައްކަތަކީ ނިމިގެން …

އިތުރަށް ކިޔުމަށް

ފާއިޒް އަދި ޝުނޫން ފަހަތަށް ޖައްސާލުމަށްފަހު އަންވަރު އިބްރާހިމް ހެޓްރިކް ފުރިހަމަކުރައްވައިފި

 މި މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރ. އަތޮޅު ކައުންސިލްގެ މަޑުއްވަރީ ދާއިރާގެ ގޮނޑި މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަންވަރު އިބްރާހިމް ކާމިޔާބުކުރައްވައިފިއެވެ. އެގޮތުން އިންތިހާބު ބޭއްވުނުތާ ހަފްތާއެއްހާ ދުވަސް ފަހުން އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޑުއްވަރީ ދާއިރާއަށް ޕީ.ޕީ.އެމްގެ ޓިކެޓުގައި ނިކުންނެވި އަންވަރު އިބްރާހީމްއަށް 960 ވޯޓާއިއެކު ކުރި ލިބޭއިރު އަންވަރުއަށްވުރެ 12 …

އިތުރަށް ކިޔުމަށް

މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަކަށް މެމްބަރު އަމީތު ވަޑައިގެންނެވި.

 ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ރައްޔިތުންގެ މަޖީލުގެ މަޑުއްވަރީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މުހައްމަދު އަމީތު ހާޒިރުވެވަޑައިގެންނެވިކަމަށް މަޖިލީހުގެ ފުރަތަމަ ދައިރުގެ ހާޒިރީން ދައްކައިފިއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ދައުރުގައި ބެއްވުނު ޖުމްލަ 14 ޖަލްސާއަކަށް މެމްބަރ އަމީތުވަނީ ހާޒިރުވެވަޑައިގަންނަވާފައެވެ. މެމެމްބަރު އަމީތު އާއިއެކު މި ދައުރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާތަކަށަކަށް35 މެމްބަރުންވަނީ ހާޒިރުވެ ވަޑައިގެންފައިއެވެ. މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލުމަށްފަހު …

އިތުރަށް ކިޔުމަށް